
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާއިން ޕާކިސްތާނަށް ދީފައިވާ މިސައިލު ޙަމަލާގެ ބަދަލުގައި އިންޑިޔާގެ ފަސް ޖެޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތު ކޮށްފައެވެ.
އެ ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން އިންޑިޔާއިން ވަނީ އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދީފައެވެ. އެންމެ ވަރުގަދަ ޙަމަލާ ދީފައި ވަނީ ފާކިސްތާނުގެ ޕަންޖާބު ސަރަޙައްދުގައި އޮންނަ އަޙްމަދުޕޫރު ޝަރްގިޔާއަށެވެ. ޕާކިސްތާނުގެ އަސްކަރީ ފައުޖުގެ އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު)ގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަރީފް ޗައުދަރީ ވިދާޅުވީ އެ ޙަމަލާ ދީފައި ވަނީ މިސްކިތެއްގެ ގޯތިތެރެއަށް ކަމަށާއި އެ ޙަމަލާގައި ތިން އަހަރުގެ ކުޑަ ކުއްޖެއް ހިމެނޭ ގޮތަށް ފަސް މީހުން ޝަހީދު ވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ފަންޖާބް ޕްރޮވިންސްގައި ހިމެނޭ މުރީދުކާ ސިޓީއަށް ވެސް ޙަމަލާ ދީފައިވެއެވެ. އަދި ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި އޮންނަ މުޒައްފަރުއާބާދާއި ކޮޓްލީއަށް ވެސް ޙަމަލާދީ، ދެ މިސްކިތް ސުންނާފަތި ކޮށްލާފައިވެއެވެ. އިންޑިޔާއިން ދިން ޙަމަލާތަކުގައި މިހާތަނަށް 8 މީހުން މަރުވެ 35 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުން ބުނެއެވެ. އަދި ވީނުވީއެއް ނޭނގި ދެ މީހުން ގެއްލިފައިވާ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވިދާޅުވީ ހަމަލާގެ ބަދަލުގައި އިންޑިޔާގެ ވައިގެ ސަރަޙައްދުގައި ޙަރަކާތްތެރިވި ފަސް ޖެޓެއް ޕާކިސްތާނުން ވައްޓާލާފައިވާ ކަމަށެވެ. އަދި އިންޑިޔާގެ ބައެއް ސިފައިން ޕާކިސްތާނުން ހިފަހައްޓާފައިވާ ކަމަށެވެ. ވައްޓާލާފައިވާ ޖެޓުތަކުގެ ތެރޭގައި ހިމެނެނީ ތިން ރަފަލް ޖެޓާއި ސޫ-30 މަރުކާގެ ޖެޓަކާއި މީގް-29 މަރުކާގެ ޖެޓެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. ނަމަވެސް އިންޑިޔާއިން މިހާތަނަށް މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ކަޝްމީރު ސަރަޙައްުދުގައި ޕާކިސްތާނާއި އިންޑިޔާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ވެސް ދެ ޤައުމުން ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. ޕާކިސްތާނުން ދެމުންދާ ޙަމަލާތަކުގައި ޢާންމުންގެ ތިން މީހުން މަރުވެފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ. މި ޙާލަތުގައި އިންޑިޔާއާއި ޕާކިސްތާނަށް ދަތުރު ކުރާ އެއާލައިންތަކުން ދަނީ ފްލައިޓުތައް ކެންސަލް ކުރަމުންނެވެ. އެ ގޮތުން ޤަޠަރު އެއަރވޭސުން ވެސް ވަނީ ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ބަންދު ކުރުމާ ގުޅިގެން އެ ޤައުމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އެއަރ އިންޑިޔާއާއި އިންޑިގޯއާއި ސްޕައިސް ޖެޓުން ވެސް ވަނީ ބައެއް ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލައިފައެވެ.
އިންޑިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދީފައިވާނެ ކަމަށެވެ. އަދި އެއީ އިންޑިޔާއާ ދެކޮޅު ހަނގުރާމަވެރިންނަށް ޢަމާޒުކޮށް ދިން ޙަމަލާއެއް ކަމަށާއި ޕާކިސްތާނުގެ އެއްވެސް އަސްކަރީ މަޤާމަކަށް ޙަމަލާ ދީފައި ނުވާނެ ކަމަށް ވެސް އިންޑިޔާއިން ބުނެފައިވެއެވެ. އެ ޤައުމުން ދެކޭ ގޮތުގައި ދާދިފަހުން ފަތުރުވެރިންގެ ބަޔަކަށް ދިން ޙަމަލާގެ ބަދަލު މިހާރު މި ވަނީ ހިފިފައެވެ. އެ ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ އިންޑިޔާއިން ޕާކިސްތާނަށް ޙަމަލާ ދީފައި ވަނީ ޕާކިސްތާނުގެ ކުށެއް ނެތި ކަމަށާއި އެ ޙަމަލާއާ ދެކޮޅަށް އިތުރު ޙަމަލާ ދިނުމުގެ ޙައްޤު ޕާކިސްތާނަށް ލިބިގެންވާ ކަމަށެވެ. ޕާކިސްތާނުން މިހާރު ބަދަލުގައި ޙަމަލާ ދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި އިންޑިޔާގެ ޢަމަލަކީ ވަރަށް ފިނޑި ޢަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
