
ދެކުނު އޭޝިޔާގެ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުހީވެފައިވަނިކޮށް އިންޑިޔާއިން ޕާކިސްތާނަށް ވަރުގަދަ މިސައިލް ޙަމަލާއެއް ދީފިއެވެ. އިންޑިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދީފައިވާނެ ކަމަށެވެ. އަދި އެއީ އިންޑިޔާއާ ދެކޮޅު ހަނގުރާމަވެރިންނަށް ޢަމާޒުކޮށް ދިން ޙަމަލާއެއް ކަމަށާއި ޕާކިސްތާނުގެ އެއްވެސް އަސްކަރީ މަޤާމަކަށް ޙަމަލާ ދީފައި ނުވާނެ ކަމަށް ވެސް އިންޑިޔާއިން ބުނެފައިވެއެވެ. އެ ޤައުމުން ދެކޭ ގޮތުގައި ދާދިފަހުން ފަތުރުވެރިންގެ ބަޔަކަށް ދިން ޙަމަލާގެ ބަދަލު މިހާރު މި ވަނީ ހިފިފައެވެ.
އިންޑިޔާއިން ދިން ޙަމަލާގެ ސަބަބުން ތިން މީހުން މަރުވެ 12 މީހުން ވަނީ ޒަޚަމުވެފައެވެ. ނަމަވެސް ޕާކިސްތާނުގެ މުޒައްފަރުއާބާދުން ވަނީ ކަރަންޓު ކެނޑިފައެވެ. ޕާކިސްތާނުން ރައްދުގައި ވަރުގަދަ ޙަމަލާއެއް އިންޑިޔާއަށް ދޭނެ ކަމަށެވެ. އަދި އިންޑިޔާގެ ޙަމަލާ ޢަމާޒުކޮށްފައި ވަނީ ޢާންމުންނަށް ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.
އިންޑިޔާއާއި ޕާކިސްތާނުން ވަނީ މިހާތަނަށް ހަތަރު ހަނގުރާމައެއް ކޮށްފައެވެ. އޭގެ ތެރެއިން ތިން ހަނގުރާމަ ކޮށްފައި ވަނީ ކަޝްމީރުގެ މައްސަލާގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
