
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ކަޝްމީރުގެ ފަތުރުވެރިކަމަށް ބޮޑު ހީނަރު ކަމެއް އައިސްފިއެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާ ދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. މި ކަމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރުވެފައިވާއިރު، ދެ ޤައުމުގެ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ލުއި ހަތިޔާރު ބޭނުންކޮށްގެން ދެ ޤައުމުގެ ސިފައިން ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. ދެ ޤައުމުން ވެސް ދަނީ އަވަށްޓެރި ޤައުމާ ދެކޮޅަށް އެކި ކަހަލަ ފިޔަވަޅުތައް ވެސް އަޅަމުުންނެވެ.
ހިމާލަޔާ ސަރަޙައްދުގައި ދިރިއުޅޭ މީހުން އާންދަނީ ހޯދުމަށް ފަތުރުވެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. ނަމަވެސް އެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތް މިހާރު ވެފައި ވަނީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ޝިކާރައަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ބެލެވިފައިވާ އިރު ކަޝްމީރުގެ އިންޑިޔާ ފަޅީގައި ހުންނަ ހޮޓާ ތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ އެހެނިހެން ތަންތަނުގެ ވިޔަފާރިއަށް އަސަރު ކޮށްފައިވާތީ އެ ތަންތަނުން ދަނީ ބޮޑެތި ޑިސްކައުންޓުތައް އިޝްތިހާރު ކުރަމުންނެވެ. އެ ގޮތުން 70 އިންސައްތައާ ހަމައަށް އެ ތަންތަނުން ދަނީ ޑިސްކައުޓުތައް ހުށަހަޅަމުންނެވެ. ޙަމަލާގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި، ސަރަޙައްދީ ރޮނގާ ކައިރި ހިސާބުތަކުގައި ހުންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ބައެއް ތަންތަން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކުރުމަށް މަޖުބޫރުވެފައެވެ.
ނިޔުކްލިއަރ ހަތިޔާރު ގެންގުޅޭ ދެ ޤައުމު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނުން ކަޝްމީރުގެ މައްސަލައިގައި މީގެ ކުރިން ދެ ހަނގުރާމައެއް ކޮށްފައިވެއެވެ. ދެ ޤައުމުން ކަޝްމީރުގެ ދެ ފަޅީގައި ވެރިކަން ކުރަމުން ދިޔަ ނަމަވެސް ދެ ޤައުމުން ވެސް ދައުވާ ކުރަނީ މުޅި ކަޝްމީރަކީ އެ ޤައުމުގެ ބައެއްް ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ދޭތެރެދޭތެރެއިން ހަމަނުޖެހުންތައް ހިނގާ ޙަމަލާ ބަދަލު ކުރާތީ އޭގެ އަސަރު އެންމެ ބޮޑަށް ފޯރަނީ ކަޝްމީރަށެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ޙާމަލާ ބަދަލު ކުރުން ހުއްޓިފައި އޮތުމުން އެ ސަރަޙައްދުގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. މިދިޔަ އަހަރު ކަޝްމީރުގެ އިންޑިޔާ ފަޅިއަށް 3 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު ޕާކިސްތާނު ފަޅިއަށް ވެސް 1.5 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މި އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރު ވެސް ފަތުރުވެރިން ވަނީ ކަޝްމީރުގެ ހޮޓާތަކާއި ބޯޓުތަކާއި ޓެކްސީތައް އެއްކޮށްހެން ގަނެފައެވެ. އެއީ މިދިޔަ މަހު ދިން ޙަމަލާގެ ކުރިންނެވެ.
100އަހަރަށްވުރެ ގިނަ ދުވަސްވީ ޓްރެވަލް އެޖެންސީއެއް ހިންގާ، އަދި ކަޝްމީރުގެ އިންޑިޔާ ފަޅީގައި ފަތުރުވެރިން ބައިތިއްބާ ގިނަ ޢަދަދެެއްގެ ބޯޓު ހިންގާ ޔަސީން ތޫމަން ބުނީ އޭނާގެ ބޯޓުތައް ބުކް ކޮށްފައިވާ ހުރިހާ ކަސްޓަމަރުން ހެން ޙަމަލާގެ ފަހުން ބުކިންގތައް ކެންސަލް ކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ފުރިފައި ހުރި އޭނާގެ ބޯޓުތަކުގައި މި ދުވަސްވަރު އެއްވެސް ބަޔަކު ނެތް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ފަތުރުވެރިކަން ވިއްކާ އިންޑިޔާގެ ވެބްސައިޓުތަކުން ވެސް ފެންނަނީ ފަތުރުވެރިން ބައިތިއްބާ ބޯޓުތަކާއި ހޮޓާތަކުން ބޮޑެތި ޑިސްކައުންޓުތައް ދީފައިވާ މަންޒަރެވެ. ނަމަވެސް ތޫމަން ބުނީ އޭނާގެ އަގުތައް ދަށް ނުކުރާނެ ކަމަށާއި ޑިސްކައުންޓު ދިން ނަމަވެސް މި ޙާލަތުގައި ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ޤަބޫލު ނުރެވޭ ކަމަށެވެ.
ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި އޮންނަ އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނީލަމް ވެލީއަށް މި ވަގުތު ފަތުރުވެރިންނަށް ނުވެސް ދެވެއެވެ. އެ ސަރަޙައްދުގައި ހުންނަ 380 ހޮޓަލާއި ގެސްޓްހައުސްތަައް މި ވަގުތު ހުރީ ފަޅަށެވެ. ގިނަ ޢަދަދެއްގެ ފަތުރުވެރިން އާންމުކޮށް ދަތުރުކުރާ ދުވަސްކޮޅަކާ ދިމާކޮށް މި ފަދަ ޙާލަތެއް ކުރިމަތިވުމުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ފަތުރުވެރިކަމާގުޅޭ ޚިދުމަތްތައް ދޭ ކުންފުނިތަކުން ބުނެއެވެ. އެ ސަރަޙައްދުގެ 16،000އެއްހާ މީހުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާއިރު ދާއިރާގެ މަސައްކަތްތެރިންނަށް ވެސް އެ ކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެެލެވެއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
