
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑްކަޕްގެ ކުރިން ލިވަޕޫލްގެ ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑްގެ ސޮއި ހޯދުމަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ. އާނޯލްޑް އާއިއެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ހިލޭ ޓްރާންސްފަރއެއްގެ ދަށުން އާނޯލްޑް ރެއާލް މެޑްރިޑާއި ގުޅޭއިރު އެ ކްލަބުން އޭނާއަށް 1 މިލިއަން ޔޫރޯގެ ފީއެއް ދޭނެ އެވެ. ފާއިތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކެނޑިނޭޅި ދެކެވެމުންދިޔަ ވާހަކަތަކުގެ ތެރޭގައި އާނޯލްޑް ރެއާލް މެޑްރިޑާއި ގުޅޭނެކަމުގެ ވާހަކަތައް ހިމެނެ އެވެ. ނަމަވެސް ލިވަޕޫލްއިން ފުރަތަމަ އެކަން ދޮގު ކުރުމަށްފަހު އެކަމާއި ގުޅޭ ގޮތުން ފަހުން ވާހަކަ ދައްކާފައެއް ނުވެއެވެ.
ލިވަޕޫލްގެ އެކަޑެމީއިން ފުޓްބޯޅަ ކުޅެން ފެށި އާނޯލްޑް ވަނީ ލިވަޕޫލްގައި ހޭދަކުރި ދުވަސްތަކުގައި އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު, ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް ލިވަޕޫލް އާއިއެކު ހޯދާފަ އެވެ. އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕަށް ޓީމުތައް ވަރުގަދަ ކުރަން ފުރުސަތު ދިނުމުގެ ގޮތުން ފީފާއިން ވަނީ މި ފަހަރު ކުޅުންތެރިން ހޯދުމަށް ހާއްސަ ހުއްދައެއް ކްލަބްތަކަށް ދޭން ނިންމާފަ އެވެ. އެގޮތުން ޖޫން 1 އިން 10 އަށް ކުޅުންތެރިން ހޯދުމުގެ ފުރުސަތު ކްލަބްތަކަށް ލިބިގެންދާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
