
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ނުވަތަ އިސްރާއީލުން އީރާނަށް ޙަމަލާ ދީފި ނަމަ އެ ޤައުމުން ބަދަލުގައި ޙަމަލާ ދޭނެ ކަމަށް އީރާނުގެ ދިފާޢީ ވަޒީރު ޢަޒީޒް ނާސިރުޒާދީ ވިދާޅުވެއްޖެއެވެ. ނާސިރުޒާދީ މިހެން ވިދާޅުވެފައި މި ވަނީ ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން އިސްރާއީލުގެ މައި ވައިގެ ބަނދަރު ކަމަށްވާ ބެން ގުރިއޮން ވައިގެ ބަނދަރަށް ދިން މިސައިލް ޙަމަލާއެއްގައި ޔަހޫދީންނަށް ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. ޙޫޘީން އެ ޙަމަލާ ދިނީ ފަލަސްޠީނުގެ ޣައްޒާގެ ރައްުޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާތީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބި ކަމަށް ދެއްކުމުގެ ގޮތުންނެވެ.
ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި ޙޫޘީން އެ ޙަމަލާ ދީފައި ވަނީ އެ ޖަމާޢަތަށް ވާގިވެރިވާ އީރާނުގެ ނުފޫޒާ އެކުގައެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ޙަމަލާގެ ބަދަލެއްގެ ގޮތުގައި އީރާނަށް ޙަމަލާ ދޭނެ ކަމަށް ބުނެފައެވެ. އެ ކަމާ ގުޅޭގޮތުން ނާސިރުޒާދީ ވިދާޅުވީ އެމެރިކާއިން ނުވަަތަ ޒަޔަނިސްޓުން އީރާނަށް ޙަމަލާއެއް ދީފި ނަމަ އެ ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ތަންތަނަށާއި އަސްކަރީ މަރުކަޒުތަކަށާއި ފައުޖުތަކަށް އަމާޒު ކޮށް އީރާނުން ޙަމަލާ ދޭނެ ކަމަށެވެ. އެއީ ކޮންމެ ތާކު ހުރި ތަނެއް ނަމަވެސް، ޙަމަލާ ދޭން ފެނިއްޖެ ކޮންމެ ޙާލަތެއްގައި ޙަމަލާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނާސިރުޒާދީ އިތުރަށް ވިދާޅުވީ ޙޫޘީން ޢަމަލު ކުރަނީ އެ ޖަމާޢަތުގެ އަމިއްލަ ނިންމުންތަކުގެ މައްޗަށް ކަމަށެވެ.
މިއީ ޔަހޫދީންނަށް އަމާޒު ކޮށް ޙޫޘީން ދީފައިވާ ފުރަތަމަ ޙަމަލާއެއް ނޫނެވެ. ޔަހޫދީން ޣައްްޒާއަށް ޙަމަލާ ދޭން ފެށި ފަހުން ޙޫޘީން ވަނީ އިިސްރާއީލަށް އަމާޒު ކޮށް ގިނަ ޙަމަލާތަކެއް ދީފައެވެ. މިދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ދަނީ ޙޫޘީންނަށް އަމާޒު ކޮށް ޔަމަނުގެ ބައެއް ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޙޫޘީން ދޭ ޙަމަލާތަކަށް އީރާނުން ޒިންމާވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނާސިރުޒާދީ ވިދާޅުވީ އީރަނުން އަވަށްޓެރި އެއްވެސް ޤައުމަކާމެދު ޢަދާވާތްތެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް ޙަމަލާއެއް ދީފި ޙާލަތެއްގައި އެ ސަރަޙައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުގައި ޙަމަލާ ދިނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެެމެރިކާއާއި އިސްރާއީލުން ޙަމަލާ ދީފިނަމަ އީރާނުން ބަދަލުގައި ޙަމަލާ ދޭނެ ކަމަށް ނާސިރުޒާދީ ވިދާޅުވެފައި ވަނީ އީރާނުން މުޅިން އައު ބެލިސްޓިކް މިސައިލެއް ދައްކާލާފައި ވަނިކޮށެެވެ. އެ މިސައިލަކީ 1،200 ކިލޯމީޓަރަށް ދަތުރު ކުރެވޭ މިސައިލެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
