
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީ ޖަމާޢަތުން އިސްރާއީލުގެ ވައިގެ ބަނދަރުތަކަށް އަމާޒު ކޮށް ޙަމަލާތައް ދޭނެ ކަމަށް އިޢުލާނު ކޮށްފިއެވެ. ޙޫޘީން މި ފަދަ އިޢުލާނެއް ކޮށްފައި މި ވަނީ އިސްރާއީލުގެ މައި ވައިގެ ބަނދަރު ކަމުގައިވާ ބެން ގުރިއޮން ވައިގެ ބަނދަރަށް އެ ޖަމާޢަތުން މިސައިލު ޙަމަލާއެއް ދީ ގެއްލުންތަކެއް ދީފައި ވަނިކޮށެވެ.
ބެން ގުރިއޮން ވައިގެ ބަނދަރަށް މެއި މަހުގެ 4ވަނަ ދުވަހު ދިން މިސައިލް ޙަމަލާގެ ޒިންމާ ޙޫޘީން ވަނީ އުފުލައިފައެވެ. އެ ޖަމާޢަތުން ބުނީ އެ ޙަމަލާ ދީފައި ވަނީ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުުރުމަށް ޢުދުވާނީ ޙަމަލާތައް ދެމުންދާތީ، ފަލަސްޠީނުގެ ރައްޔިޔުންނާއެކު ދެމިތިބި ކަން ދެއްކުމުގެ ގޮތުން ކަމަށެވެ. އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުތަކަށް އެ މިސައިލް ހުއްޓުވުމަށް ނުކުޅެދުނުއިރު، އިިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ޙަމަލާގެ ބަދަލުގައި ވަރުގަދަ ޙަމަލާތަކެއް ޔަމަނާއި ޙޫޘީންނަށް އަމާޒު ކޮށް ދޭނެ ކަމަށް ބުނެފައެވެ. އެ ޙަމަލާއަކީ ޙޫޘީންނަށް ވާގިވެރިވާ ޤައުމެއް ކަމަށްވާ އީރާނުގެ ނުފޫޒާއެކު ދީފައިވާ ޙަމަލާއެއް ކަމަށް ޔަހޫދީން ޤަބޫލު ކުރެއެވެ.
ޙޫޘީންނާއި ވިޔަފާރި ބޯޓު ފަހަރުގެ އޮޕަރޭޓަރުންނާ ދެމެދު މުޢާމަލާތް ކުރުމަށް ޤާއިމު ކޮށްފައިވާ ހިޔުމަނިޓޭރިއަން އޮޕަރޭޝަންސް ކޯއޯޑިނޭޝަން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ ޙޫޘީންގެ ޙަމަލާތައް އިސްރާއީލުގެ ވައިގެ ބަނދަރަށް އަމާޒު ކުރަމުންދާނެ ކަމަށެވެ. އެ ގޮތުން ބެން ގުރިއޮން ވައިގެ ބަނދަރަށް ޚާއްޞަ ގޮތެއްގައި ޙަމަލާ ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ސެންޓަރުން ނެރުނު ބަޔާނާއެކު ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާއަށާއި އދގެ ބައިނަލްްއަޤްވާމީ މަދަނީ ވައިގެދަތުރުފަތުރާ ބެހޭ އިދާރާ، އައިސީއޭއޯއަށް އެ ސެންޓަރުން ފޮނުވާފައިވާ އީމެއިލެއް ވެސް ހިމަނާފައިވެއެވެ. އެ އީމެއިލުގައި އެ ސެންޓަރުން ކުރި އިޢުލާނާމެދު ފުންކޮށް ވިސްނާ، ޖިނާޢީ ކުށްކުރާ އިސްރާއީލުގެ ވައިގެ ބަނދަރުތަކަށް ފުލައިޓުތައް ކުރާ ދަތުރުތައް ކެންސަލް ކުރުމަށް ވަނީ ގޮވާލައިފައެވެ. އެއީ އެ ފުލައިޓުތަކާއި ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް އެ އީމެއިލްގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
