
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ހުރިހާ ސަރަޙައްދުތަކަށް ވެރިވެގަނެ، ހައިހޫނުކަމުގައި ތިބި ރައްޔިތުންނަށް ފޯރުކޮށްދޭން އެތަނަށް ވައްދާ ހުރިހާ އެހީއެއްގެ ކޮންޓްރޯލް ނެގުމުގެ ރޭވުން، ޔަހޫދީ ދައުލަތުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ޖައްބާރު ވެރިޔާ ބެންޖަމިން ނަތަންޔާހޫގެ ސަލާމަތީ މަޖިލީހުން ވަނީ، އަސްކަރިއްޔާގެ ވަގުތީ ސިފައިން ވެސް ނެރެ، ހައިހޫނުކަމުގައި އުޅެމުންދާ ޣައްޒާގެ 2.3 މިލިއަން ނިކަމެތި ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗާއި އެހެނިހެން އެހީގެ ކޮންޓްރޯލް ނެގުމުގެ ރޭވުމަށް ތާޢީދުކޮށްފައެވެ.
ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން މިހާރު ރާވަމުންދަނީ މުޅި ޣައްޒާ ހިސާރުކޮށް، އެތަނަށް ވެރިވެގަތުމަށެވެ. މިގޮތުން، ފަލަސްޠީނުގެ ރައްޔިތުން، ޣައްޒާގެ ދެކުނަށް ދާން މަޖުބޫރުކުރުމަކީ ވެސް މި ރޭވުމުގައި ހިމެނޭ ކަމެއް ކަމަށް ބުނެފައިވެއެވެ. މި ރޭވުމުގެ އާޚިރު މަޤުސަދަކީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުދާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ގޮތަށް، ޣައްޒާގައި ދިރިނޫޅެވޭ މިންވަރަށް ފަލަސްޠީނުގެ ރައްޔިތުން ނިކަމެތިކޮށް، އެތަން އަމިއްލައަށް ދޫކޮށް ދާން މަޖުބޫރު ކުރުވުން ކަމުގައި ވެސް ބުނެފައިވެއެވެ.
އޭގެތެރޭގައި، ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް ވެސް ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ އަތް ދަށަށް ގެނެސް، ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖެއްސުން ވެސް ހިމެނެއެވެ. މި ރޭވުމާ މެދު ވަޒީރުންގެ މަޖިލީހުގެ ތެރޭގައި ބޮޑެތި ދެބަސްވުންތައް ހިނގި ކަމަށް އިސްރާއީލްގެ ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިގޮތުން، ޣައްޒާއަށް އަރައިގަނެ، އަސްކަރީ ޙަރަކާތް ފުޅާކޮށްފިނަމަ، ޙަމާސް ޖަމާޢަތުގެ ބެލުމުގައި ދަށުގައި ބާކީ ތިބި އަސީރުން މަރުވުމުގެ ފުރުޞަތު ބޮޑުކަމުގެ ކަންބޮޑުވުން ބައެއް މެމްބަރުން ފާޅުކުރި ކަމަށް ބުނެފައިވެއެވެ. ޔަހޫދީންގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އެންމެ ޖައްބާރު، ޤައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާ ބެން-ގްވީރް ވަނީ، ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސް އަދި ތެޔޮ ވެއްދުން އެކީގައި ހުއްޓުވައި، ރައްޔިތުން ބަނޑަށް ޖައްސަން ހުށަހަޅައިފައެވެ.
އަދި ޣައްޒާގައި ހުރި ގުދަންތަކާއި ޖަރަނޭޓަރުތަކަށް ބޮން އަޅައި، އެތަނަށް ކަރަންޓު ދެވޭނެ ހުރިހާ ގޮތެއް ހަދަން ވެސް އޭނާ ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، އެފަދަ ޢަމަލެއް ހިންގައިފިނަމަ، މިހާރު ވެސް ބައިނަލްއަޤުވާމީ ދުނިޔެއިން ކުރިމަތިވެފައިވާ ޕްރެޝަރު އިތުރަށް މަތިވާނެކަމަށް ބުނެ އެ ހުށަހެޅުމާ އެހެން ބައެއް މެމްބަރުން ދެކޮޅު ހަދާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ އެ ސަހަރުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. މި ޢުދުވާނާއި ފުރަބަންދާ ގުޅިގެން ޣައްޒާއިން ކާބޯތަކެތި ހުސްވަމުންދާ ކަމުގެ އިންޒާރު އެކުވެރި ދައުލަތްތައް (އދ)ގެ އިތުރުން ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ވަނީ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ މަޝްރޫއު ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި
(ފޮޓޯ ކްރެޑިޓްސް: މީހާރު) އައްޑޫސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 26 މެގަވޮޓްގެ އައު އިންޖީނުގެއެއް ބޭލުމުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނުން ދުބާއީގެ...
އެމްޑީޕީގެ އައްޑޫގެ އިސްބަޔަކު ޕީއެންސީއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) އައްޑޫގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރެއްވި ބަޔަކު ސަރުކާރު ހިންގާ ޕީއެންސީއާ ރޭ ގުޅިއްޖެއެވެ. މީގެ ތެރޭގައި އެމްޑީޕީ އައްޑޫގެ...
ހަކުރު ސަބްސިޑީ ކަނޑާލާކަށް ނޫޅެން: ރައީސް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރާއްޖޭގައި ޝީޝާ މަނާކުރުމާއި، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން ހަކުރުގެ ސަބްސިޑީ ކަނޑާލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް...
އީޖާދީ ވިސްނުންތައް އުފަންކުރުމަށް އަފީފު ދީދީގެ ނަމުގައި އައްޑޫގައި މަރުކަޒެއް ހެދުމުގެ ވިސްނުން
ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" މެނިފެސްޓޯގައިވާ ގޮތުން، އައްޑޫ ސިޓީގައި އަބްދުﷲ އަފީފުގެ ނަމުގައި ގައުމީ ފެންވަރުގެ އީޖާދީ މަރުކަޒަކާއި ސުވަދީބު ދާރުލް އާސާރު...
ސަރުކާރާ އެއް ވިސްނުމެއްގެ ކައުންސިލެއް އައްޑޫގައި ނެތް ނަމަ ތަރައްގީއަށް ހުރަސްއަޅާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: މިހާރު) އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރާ އެއް ވިސްނުމެއްގެ ކައުންސިލެއް އޮތުން މުހިންމު...
އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ....
