
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން މޮޅުވެއްޖެއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށެވެ. މާޒިޔާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފަސްވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށް މިމެޗުގައި ހެޓްރިކެއް ހަދާފައެވެ. އެގޮތުން މެޗުގެ 45 މިނިޓުގައި މާޒިޔާގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދިންއިރު ހެޓްރިކް ފުރިހަމަ ކުރީ 65 ވަނަ މިނިޓުގައެވެ.
މާޒިޔާގެ ހަތަރުވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ހަސަން ނަޒީމް ޖަހާފައިވާއިރު ޒުވާންތަރި މުހަންމަދު އިލާން އިމްރާން މާޒިޔާގެ ފަސްވަނަ ލަނޑު ޖަހައިދިނީ މެޗުގެ 83 ވަނަ މިނިޓުގައެވެ. ނިއުރޭޑިއަންޓުގެ ހަމައެކަނި ލަނޑުޖަހާފައިވަނީ މެޗުގެ 88 ވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރަފީގް އަމީންއެވެ. ގަލޮޅު ދަނޑުގައި މުބާރާތެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށްފަހު އެފްއޭއެމް ލީގު ކަޕު ފެށިގެން ކުރިއަށްދާއިރު މި މުބާރާތުގައި ވާދަކުރަނީ ފަސްޓީމުންނެވެ. އެއީ މާޒިޔާ ރެކްރިއޭޝަން ކުލަބާއި، ޓީސީ ސްޕޯރޓްސް ކުލަބާއި، ނިއުރޭޑިއަންޓު، އޮޑި ސްޕޯޓްސްގެ އިތުރުން މަހިބަދޫއެވެ.
މިމުބާރާތުގެ މެޗެއް ދެން ކުޅޭނީ ހުކުރުދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައެވެ. އޮޑި ސްޕޯޓްސްއާއި މަހިބަދޫ ބައްދަލުކުރާ މިމެޗު އޮންނާނީ ހަވީރު 4:00ގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
