
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ތަށި ގެނައުމުގެ އަޒުމުގައި 19 އަހަރުން ދަށުގެ ޤައުމީ ޓީމު ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއަށް ފުރައިފިއެވެ. މުބާރާތައް ޓީމު ތައްޔާރުވެފައިވާ މިންވަރާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާއި މައުލޫމާތު ހިއްސާކުރަމުން 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ސައީދު (ކަކާ) ބުނީ މިދިޔަ އަހަރުގެ މުބާރާތުން ގުރޫޕު ސްޓޭޖުން ކެޓިނަމަވެސް މިފަހަރު މިދަނީ ވަރަށް އުންމީދުގައި ކަމަށާއި، ޓީމާމެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.
އަދި މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު ޓީމުގެ ފަރިތަކުރުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އުންމީދު ކުރަނީ ރަނގަޅު ނަތީޖާއެއް މި މުބާރާތުން ހޯދޭނެ ކަމަށް ކަކާ ބުންޏެވެ. 19 އަހަރުން ދަށުގެ ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ބައްދަލުކުރާނީ މިމަހުގެ ނުވަވަނަ ދުވަހު ބަނގްލަދޭޝް އާއި ދެކޮޅަށެވެ. ޓީމުގެ ކުޅުންތެރިން ބުނީ މި މުބާރާތަށް މިދަނީ ވަރަށް ރަނގަޅަށް އިދިކޮޅު ޓީމުތަކުގެ ކުޅުން އެނަލައިޒްކޮށް ކޯޗުން ދިން އިރުޝާދުތަކުގެ އަލީގައި ރާއްޖެއަށް ތަށި ގެނައުމުގެ އަމުޒުގައި ކަމަށެވެ.
19 އަހަރުންދަށުގެ ޤައުމީ ޓީމުގެ ކޯޗަކަށް ހަމައްޖާފައިވަނީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. މި ޓީމުން އަންނަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުބާރާތަށް ފަރިތަކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
