
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް އޮޑި ސްޕޯޓްސް ކުލަބާއި ހަވާލުވި އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު އިއަން އެންޑްރޫ ގިލަން އޮޑީގެ ކޯޗުގެ މަގާމު ދޫކޮށް އެނބުރި ގައުމަށް ހިނގައްޖެއެވެ. އޮޑި ސްޕޯޓްސް ކުލަބުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއަންއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ ދެފަރާތުން އެއްބަސްވެގެން އުވާލާފައެވެ. އެހެންނަމަވެސް އޭނާގެ އެއްބަސް އުވާލި ވަކި ސަބަބެއް އޮޑިން ހާމައެއް ނުކުރެއެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި އޭނާ ރާއްޖެ ދޫކޮށް ދިޔައީ އާއިލީ ކަމެއްގައެވެ.
މިހާރު ކުރިޔަށްދާ ލީގުކަޕްގައި ކުޅެމުން އަންނަ އޮޑި ސްޕޯޓްސް ކުލަބުން ބުނީ އިއަންގެ ބަދަލުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް އެކުލަބުން ފަށާފައިވާ ކަމަށެވެ. އިއަންއާއި އެކު އޮޑި ހޭދަކުރި ދުވަސްތަކުގައި އޭނާގެ ފަރާތުން ލިބުނު ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށް އޮޑިން ބުނެއެވެ. އެފްއޭއެމް ލީގުކަޕްގައި އެ ކުލަބަށް އިރުޝާދު ދެމުން އަންނަނީ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ އަހުމަދު ފައްރާހު (ފައްރަ) އާއި ފަރުހާދު އިސްމާއިލް (ފަރޭ) އެވެ. އޮޑިން ބުނީ ކޯޗެއް ހަމަޖެހެންދެން ހެޑްކޯޗެއްގެ ދައުރު އަދާކުރާނެ މީހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އޮޑިން ބުންޏެވެ.
ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ޕްރޯ ލައިސެންސިން ސެޓިފިކެޓް ހާސިލުކޮށްފައިވާ، އިއަން ވަނީ ކޯޗިން ދާއިރާގައި 25 އަހަރު މަސައްކަތްކޮށްފައެވެ. އަދި އޭޝިއާ ސަރަހައްދުގައި އިންޑިއާ، ނޭޕާލް، ޕިލިޕީންސް، އިންޑޮނޭޝިއާ އަދި މެލޭޝިއާގައިވެސް ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވެއެވެ. އޮޑި ސްޕޯޓްސް ކުލަބުން މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު އެކުލަބުން ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާ މިއަހަރު ފުޓްބޯޅަ ސީޒަނަށް ދުރާލާ ތައްޔާރުވާން ފަށާފައެވެ. އެހެންނަމަވެސް އެފްއޭއެމުން ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން ކަލަންޑަރަށް ބަދަލުގެނެސް އޭޕްރީލްގައި ފަށަން އޮތް ފުޓްބޯޅަ ސީޒަން އޮގަސްޓްމަހަށް ފަސްކުރިނަމަވެސް އޮޑިން ގެންދިޔައީ އޮސްޓްރޭލިއާގެ ކޯޗުގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް މެދު ކަނޑާނުލާ ކުރިޔަށް ގެންދަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
