
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ތަރައްޤީކުރުމުގެ އެއްބަސްވުމާއެކު ފެށިގެންމިދިޔައީ ރާއްޖޭގެ ތަރައްޤީގެ މިސްރާބުގައި އިންޤިލާބީ ބަދަލެއްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ ކުރިމަގު ބަދަލުވެގެންދާނެ މަޝްރޫޢެއްކަމަށެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށެވެ. އަދި މިކަން ޙާސިލުކުރުމަށް ރާއްޖޭގެ ޢަމްދަނީގެ %15އަކީ ޑިޖިޓަލް އިޤްތިޞާދުގެތެރެއިން ހޯދާ ޢާމްދަނީއަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެކަމަށް ވާސިލުވުމުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ތަރައްޤީވުން މުހިއްމު ދައުރެއް އަދާކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވަޒީރު ވިދާޅުވީ، މިއަދު ފެށިގެން މިދިޔައީ ހަމައެކަނި ތަރައްޤީގެ މަޝްރޫއެއް ނޫންކަމަށެވެ. އެއަށްވުރެ ދުރަށް ނަޒަރު ހިންގާލާއިރު ފެށިގެން މިދިޔައީ ރާއްޖޭގެ ތަރައްޤީގެ މިސްރާބު އިންޤިލާބީ ބަދަލަކާއި ދިމާއަށް މަސައްކަތް ފެށިގެންދިޔަ ތަންކަމަށް ވަޒީރު ވިދާޅުވިއެވެ. “މިއީ ވަރަށް މުހިންމު މަޝްރޫޢެއް. މިއީ އަޅުގަނޑުމެންގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް. މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން މި ތަނަށް އަންނާނެ” މާލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢާއެކު އެމްއައިއެފްސީގެ ދަށުން ހިންގާ ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާނެކަމަށެވެ. ހަމައެއާއެކު ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނޭ ގޮތަށް ކުރިއަށްގެންދާ މިމަޝްރޫޢާއެކު، އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މާލީއެކި މުޢާމަލާތްކުރެވޭ ބޭންކިންގ ޚިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިންގ ޚިދުމަތް ލިބޭނެކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
އަދި މުސްތަޤުބަލަށް އެކަށައަޅާ ޤަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެމްއެފްއައިސީއަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މުހިއްމު މަންޒިލަކަށްވެގެންދާނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ. އެހެންކަމުން މިއީ ވިލުންތެރި، އަދި ސިންދަފާތުކުރެވިފައިވާ އިޤްތިޞާދެއް ބިނާކުރުމަށާއި ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ މާލީ ނިޒާމަށް ތައްޔާރުވެފައިވާ އިޤްތިޞާދެއް ބިނާކުރުމުގެ ވަރުގަދަ މަސައްކަތްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
