
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކަޝްމީރުގެ ޕާކިސްތާނު ފަޅީގެ ސަރުކާރުން އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ މީހުން ކާބޯތަކެތި ޖަމާ ކޮށް އެއް ކުރުމަށް އަންގައިފިއެވެ. ޕާކިސްތާނު ފަޅީގެ ސަރުކާރުން މި ގޮތަށް އަންގާފައި މި ވަނީ މިދިޔަ މަހުގެ ތެރޭގައި އިންޑިޔާގެ ކަޝްމީރުގައި ދިން ޙަމަލާއެއްގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާ ދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. މި ކަމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރުވެފައިވާއިރު، ދެ ޤައުމުގެ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ލުއި ހަތިޔާރު ބޭނުންކޮށްގެން ދެ ޤައުމުގެ ސިފައިން ވަނީ ވިދިވިދިގެން އަށް ވަނަ ރޭ ޙަމަލާތައް ބަދަލުކޮށްފައެވެ. ދެ ޤައުމުން ވެސް ދަނީ އަވަށްޓެރި ޤައުމާ ދެކޮޅަށް އެކި ކަހަލަ ފިޔަވަޅުތައް އަޅަމުުންނެވެ.
ޕާކިސްތާނުގެ ބާރު ހިނގާ ކަޝްމީރު ފަޅީގެ ބޮޑުވަޒީރު ޗައުދަރީ އަންވަރުލް ޙައްޤު ވިދާޅުވީ ސަރަޙައްދީ ރޮނގު އަޮންނަ ލައިން އޮފް ކޮންޓްރޯލް، އެލްއޯސީގައި އޮންނަ 13 ދާއިރާއެއްގެ ރައްޔިތުން ދެ މަސް ދުވަހަށް ފުދޭ ވަރަށް ކާބޯތަކެތި ޖަމާކޮށް އެއް ކުރުމަށް އަންގާފައިވާ ކަމަށެވެ. ސަރަޙައްދީ ސަރުކާރުން 3.5 މިލިޔަން އެމެރިކާ ޑޮލަރުގެ ކުއްލި ފަންޑެއް ވެސް ޤާއިމު ކޮށްފައިވާ ކަމަށާއި އެ ފަންޑުގެ ބޭނުމަކީ އެ 13 ދާއިރާއަށް ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އަސާސީ ސާމާނު ހުސްނުވެ ލިބޭނެ ކަން ޔަޤީން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަންވަރުލް ޙައްޤު އިތުރަށް ވިދާޅުވީ ސަރުކާރާއި އަމިއްލަ މީހުންގެ ބަރު އުޅަނދުތައް ބޭނުން ކޮށްގެން އެލްއޯސީ ސަރަޙައްދުގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަމުންދާ ކަމަށެވެ.
ކަޝްމީރުގެ ޕާކިސްތާނުގެ ބާރު ހިނގާ ފަޅީގެ ވެރިކަންކުރާ މުޒައްފަރުއާބާދުގައި ގިނަ ޢަދަދެއްގެ މީހުން ދަނީ އިންޑިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ. ޖިހާދަށް ގޮވާލައި ކުރަމުންދާ މި މުޒާހަރާގެ ބޭނުމަކީ ޢާންމުން ތިބީ ޕާކިސްތާނުގެ އަސްކަރިއްޔާއާއެކު ކަން އަންގައިދިނުން ކަމަށް މުޒާހަރާ އިންތިޒާމު ކުރުމުގައި އިސް ކޮށް ޙަރަކާތްތެރިވާ ފާރޫޤް ރަޙްމާނީ ބުނެއެވެ. ކަޝްމީރުގެ އިންޑިޔާ ފަޅީގައި ދިން ޙަމަލާގެ ފަހުން ދެ ޤައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން މެދުކަނޑައިލުމާއި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ބައެއް މުހިންމު އެއްބަސްވުންތަކަށް ޢަމަލުކުރުން މެދުކަނޑައިލުން ހިމެނެއެވެ. ޕާކިސްތާނުން ވަނީ އިންޑިޔަން އެއަރލައިންސްގެ ފުލައިޓުތައް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން ވެސް މަނާ ކޮށްފައެވެ. އަދި އިންޑިޔާއިން ވަނީ ޕާކިސްތާނުން މުދާ އެތެރެކުރުން މަނާކޮށްފިއެވެ. މި މައްސަލައިގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިޔާގެ އަސްކަރިއްޔާއިން ނިންމުންތައް ނިންމުމަށް ފުރިހަމަ މިނިވަންކަން ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
