
ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީ ޖަމާޢަތުން އިސްރާއީލުގެ މައި ވައިގެ ބަނދަރު، ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒު ކޮށް ދިން މިސައިލް ޙަމަލާއެއްގައި އެ ވައިގެ ބަނދަރަށް ގެއްލުންތަކެއް ލިބިއްޖެއެވެ. ޔަމަނުން ފޮނުވާލި މިސައިލުގެ ސަބަބުން ވައިގެ ބަނދަރުގެ މަގަކަށާއި އުޅަނދަކަށް ގެއްލުން ލިބިފައިވެއެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވެސް ބުރޫ އަރާފައިވެއެވެ. އެ ޙަމަލާގެ ސަބަބުން އަށް މީހަކަށް ޒަޚަމުވެފައި ވެއެވެ.
ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ މިސައިލު ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އަސްކަރިއްޔާގެ ވައިގެ ދިފާޢީ ނިޒާމަށް މިސައިލު ހުއްޓުވުމަށް ނުކުޅެދުނު ކަމަށް އެއްބަސްވެފައެވެ. އެ ކަން ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް ޙޫޘީން ދަނީ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދެމުންނެވެ. ޔަހޫދީންގެ މައި ވައިގެ ބަނދަރަށް ދީފައިވާ ޙަމަލާގެ ޒިންމާ ވެސް އެ ޖަމާޢަތުން ވަނީ އުފުލާފައެވެ. ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ޙޫޘީންގެ އަސްކަރީ ތަރުޖަމާނު، ޔަޙްޔާ ސާރީ ވަނީ ބެން ގުރިއޮން ވައިގެ ބަނދަރަކީ އުދުހުމަށް ރައްކާތެރި ވައިގެ ބަނދަރެއް ނޫން ކަމަށް އެއަރލައިންތަކަށް އިންޒާރު ދީފައެވެ.
ޙަމަލާގެ ސަބަބުން ވައިގެ ބަނދަރަށް މަތިންދާބޯޓު ޖެއްސުމާއި ފުރުން ވަނީ އިރުކޮޅަކަށް މެދުކަނޑާލައިފައެވެ. އެ ވައިގެ ބަނދަރަށް ޖައްސަން ހަމަޖެހިފައިވާ ބައެއް މަތިންދާބޯޓުތައް އެހެން ވައިގެ ބަނދަރުތަކަށް ފޮނުވާފައިވެއެވެ. ވައިގެ ބަނދަރުގެ ހުރިހާ ދޮރާށިތައް ވެސް ބަންދު ކޮށް، އެ ވައިގެ ބަނދަރާ ދިމާލަށް ކުރާ ރޭލު ދަތުރުތައް ވެސް ވަނީ މެދުކަނޑާލައިފައެވެ. ގިނަ ޢަދަދެއްގެ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގޮސްފައެވެ. ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރައެލް ކެޓްޒް ވަނީ ޙަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޙޫޘީންނަށް ދީފައެވެ. ޔަހޫދީންނަށް ޙަމަލާއެއް ދީފިނަމަ އޭގެ އެތައް ގުނަ ވަރުގަދަ ޙަމަލާއެއް ބަދަލުގައި ދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޔަހޫދީންގެ ސިޔާސީ ލީޑަރެއް ކަމަށްވާ އެ ޤައުމުގެ ކުރީގެ ވަޒީރު، ބެނީ ގެންޓްޒް ބުނީ ޙޫޘީން ދިން ޙަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އެ ޖަމާޢަތަށް ވާގިވެރިވާ ޤައުމެއް ކަމަށްވާ އީރާނުން ކަމަށެވެ. އެ ޙަމަލާއަކީ ޙަޤީޤަތުގައި އީރާނުން ދީފައިވާ ޙަމަލާއެއް ކަމަށް އޭނާ ޤަބޫލު ކުރެއެވެ. ނަމަވެސް އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ. ޔަހޫދީންނާ ދެކޮޅަށް އެ ފަދަ ޙަމަލާތައް ދޭ ނަމަ އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މިދިޔަ މާރިޗު މަހުން ފެށިގެން ޙޫޘީންނަށް އަމާޒު ކޮށް އެމެރިކާއިން ޔަމަނަށް ދެމުންދާ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ. ނަމަވެސް އޭގެ ސަބަބުން ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ދެމުންދާ ޙަމަލާތަައް މަޑުޖެހިފައެއް ނުވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އެމެރިކާއިން ޔަމަނުގެ އަލް-ޙަޒްމަށް ދިހަ ޙަމަލާ ދީފައިވެއެވެ. އޭގެ އިތުރުން މައުރިބް ގޮވަރުނޭޓަށް ވެސް ތިން ޙަމަލާއެއް ދީފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
