
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާބެހޭ ވުޒާރާ)
ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީމުން ރަން މެޑެއްޔެއް ހޯދާތަން ކައިރި މުސްތަގުބަލެއްގައި ފެންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށް ދިޔަ 10 ވަނަ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެމުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެކަމަށެވެ.
“އެންމެ ބޮޑު ކާމިޔާބީއަކީ ވަރަށް ބޮޑަށް އިމްޕްރޫވްމަންޓު ފެނިގެން ދިޔަ މުބާރާތަކަށް ވެގެން މިދިޔައީ 10 ވަނަ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު” ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ބައިނަލް އަޤްވާމީ ފެންވަރެއްގައި ރާއްޖޭގެ ޓީޓީ ޓީމުން ގައުމު ތަމްސީލުކުރާތާ ގިނަ ޒަމާންތަކެއްވެއްޖެކަމަށާ، އެހެންނަމަވެސް ކުރިއާ މިހާރާ ފެންނަ ތަފާތަކީ ކުޅުންތެރިންނަށް އައިސްފައިވާ ކުރިއެރުންކަމަށެވެ. މިގޮތުން ކުރިޔާ ޚިލާފަށް މިހާރުގެ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު މާބޮޑަށްވެސް ތަރައްޤީވެ ކުރިއަރައިފިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާ، ވާދަވެރި އެހެން ޤައުމުތަކުގެ ކުޅުންތެރިންނާ ދެމެދު މާ ބޮޑު ފަރަޤެއް މިހާރު ނެތްކަމަށެވެ.
“އަޅުގަނޑުމެންނަށް އެންމެ ބޮޑު ތަފާތަކަށް ފެނުނީ ކުރީގަ އަޅުގަނޑުމެން ކުޅުނު އެހެން ޤައުމުތަކުން އަޅުގަނޑުމެންގެ ސެޓުތަކުން ލިބުނު ޕޮއިންޓްސްއާ މިއަހަރު އަޅާބަލާފަ ވަރަށް ބޮޑުތަނުން ތަފާތު. ވަރަށް ކުޑަ ތަފާތެއް މިހާރު މިއުޅެނީ ދެ ޤައުމު ދޭތެރޭގަ” ވަޒީރު ވިދާޅުވިއެވެ. މިކަމުން ދައްކުވައިދެނީ މިކުޅިވަރު ކުރިއަރަމުން އަންނަ ހަލުވިމިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އަދިވެސް ކުޑަކުޑަ ހިތްވަރެއް ލެވިއްޖެނަމަ ރަން މެޑައްޔެއް އޮތީ ދުރަކުނޫންކަމަށެވެ. މިގޮތުން ކޯޗުންނާ ކުޅުންތެރިން އިތުރު ހިތްވަރެއްލާ މަސައްކަތްކޮށްފި ނަމަ ރަން މެޑެއްޔެއް ހޯދުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެކަމެއްކަމަށް ދެކެލައްވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
“އިތުރު އެފަޓެއް ލައިފިކަމަށްވެއްޖިއްޔާ ގޯލްޑްއަކާ ހަމައަށް ދިއުމަކީ ވަރަށް ފަސޭހަކަމެއްކަން މި މުބާރާތުން އަޅުގަނޑުމެންނަށް ލިބުނު މެސެޖަކީ. އެހެންވީމާ މިއީ ވަރަށް ކާމިޔާބީއޭ އަޅުގަނޑު ދަންނަވާނީ” ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީމުންވަނީ ރިހި މެޑެއްޔަކާއި ދެ ލޯ މެޑެލް ގައުމަށް ގެނެސްދީފައެވެ. ރާއްޖޭގެ 15 އަހަރާއި 19 އަހަރުން ދަށުގެ ޓީޓީ ޓީމުން މިކާމިޔާބީއާއެކު ރާއްޖެ އައިސްފަވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މުބާރާތް ކުރިއަށް ދިޔައީ އޭޕްރިލްމަހުގެ 24 އިން 27 އަށް ނޭޕާލުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
