
ރާއްޖޭގައި ކުރިޔަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރީޖަނަލް ކުޅިވަރު މުބާރާތެއް ބޭއްވުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މިއަހަރު ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑް ބޯލް މުބާރާތަކީ އެކަމަށް މަގުފަހި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިމަހު އޮމާންގައި ބާއްވާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ރާއްޖޭން ވާދަކުރާ ޤައުމީޓީމަށް ޖޯޒީ ހަވާލުކުރުމަށް ރޭ ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ވަޒީރު ވިދާޅުވީ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޓޯނަމަންޓް ރާއްޖޭގައި ބޭއްވޭ ގޮތަށް ހަމަޖެހުނު ހިސާބުން ފެށިގެން އެ މެސެޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ހިއްސާކުރެއްވި ކަމަށާ، އެކަމަށް ސަރުކާރުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. ހޭންޑްބޯލް އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރާއި މެންބަރުންނާއި އެ ދާއިރާގެ މަޖިލީސް މެންބަރުނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި މިނިސްޓްރީގެ ބޭފުޅުންވެސް ޓީމެއް އެކުލަވާލައިގެން އެ މުބާރާތާއި ގުޅޭ ކަންކަން ހަމަޖެއްސުމަށް މިހާރު ވާހަކަތައް ދެކެވެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ވިޒިޓަރ އިކޮނޮމީ ކޮންސެޕްޓެއް ތައާރަފްވެ ރާއްޖޭގެ ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވަން ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށްވެސް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮމަންވެލްތް ހޭންޑްބޯލް މުބާރާތް ބޭއްވުމުން، ރާއްޖެއަށް ވަރަށް ގިނަ ކުޅިވަރުތައް ހޯސްޓް ކުރެވޭނެ ގައުމެއްކަން އެ ކޮންފިޑެންސް ވަރަށް ގިނަ ގައުމުތަކަށް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަކީ ވަރަށް ގިނަ ކުޅިވަރުތައް ހޯސްޓް ކުރެވޭ ޤައުމެއްކަން އެ ކޮންފިޑެންސް ވަރަށް ގިނަ ގައުމުތަކަށް ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ ގޮނޑުދޮށްތަކުގައި ކުޅުމަށް ލިބުމަކީ އެންމެންވެސް ފަހުރުވެރިވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
