
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ލީގުކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ. ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ރޭ ކުޅެވުނު މުބާރާތުގެ ފުރަތަމަ މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މިއީ ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު މި ދެޓީމުވެސް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެކެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކުލަބުން 2023 ވަނައަހަރުގެ ޑިސެމްބަރަށްފަހު މެޗެއް ކުޅެފައެއް ނުވެއެވެ. އަދި އޮޑި އެންމެފަހުން ކުޅުނީ އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި މެޗުކަމަށްވާ 2024 ވަނަ އަހަރުގެ ފެބުރުއަރީމަހުގައި ކުޅުނު ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗެވެ.
އެފްއޭމުން މުބާރާތެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން މި ފެށި ލީގުކަޕް މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ އިންތިޒާމުކުރި މުބާރާތެކެވެ. އެހެންނަމަވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުން މި މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. ބައެއް ކުލަބުތަކުން ބުނީ މިމުބާރާތުގައި ބައިވެރިނުވީ ފައިސާ ނެތިގެން ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ކުރިން ތާވަލުކުރިގޮތަށް ކުރިޔަށް ނުގެންދެވި ފީފާގެ ލަފާގެމަތިން މިހާރު އޮތީ އޮގަސްޓްމަހަށް ފަސްކޮށްފައެވެ. އެހެންވެ އެފްއޭއެމްގެ ކަލަންޑަރުގައި ނުހިމެނޭ މުބާރާތެއް އެ އިދާރާއިން މި ބާއްވަނީ އެހާ ދުވަސްވަންދެން މުބާރާތެއް ނެތި އޮވެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ދާން ޖެހިދާނެތީ އާއި ފުޅްބޯޅަ އަލުން ރޯލް ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ކުރިން މިއަހަރު ލަންކާގައި ބާއްވަން އުޅުނު ސާޕް ޗެމްޕިއަންޝިޕް ވަނީ އަންނަ އަހަރަށް ފަސްވެފައެވެ. ރާއްޖެއަށް ދެން އޮތީ އޭޝިއަންކަޕް ކޮލިފައިންގެ މެޗުތަކެވެ. އަދި އަންނަ މަހު ސިންގަޕޫރުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީޓީމު އެގައުމަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ލީގުކަޕް ފުޓްބޯޅަ މުބާރާތަކީ ގައުމީ ޓީމުގެ ކުޅުންތެރިންގެ ބައިވެރިވުމާއި އެކު ކުރިޔަށްދާ މުބާރާތެކެވެ. އެގޮތުން އެންމެ ގިނަ ކުޅުންތެރިންތިބި މާޒިޔާ އިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، ފުރަތަމަ ޑިވިޝަނުގެ ޓީސީ އާއި އޮޑީގެ އިތުން މި މުބާރާތުގައި ވާދަ ކުރަނީ ދެވަނަ ޑިވިޝަނުގެ ނިއުރޭޑިއަން ސްޕޯޓް ކުލަބާއި މަހިބަދޫއެވެ. މިމަހުގެ 28 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
