
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ތަހުގީގުކުރަން ހެދި ރިޔާސީ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ކުރާ މުޒާހަރާގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލާތީ އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް އިއްޔެ ޕްރެސް ކޮންފަރެންސްގައި ޖަވާބު ދެއްވަމުންނެވެ. އެ މައްސަލައަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއް ކުރިއަށް ދަނިކޮށް އޭރުގެ ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅުއްވިކަން ހާމަވެފައި ވެސް ވަނިކޮށެވެ.
އެހެންވެ، އަމީން މަގާމުން ވަކިކުރުމުގެ ވިސްނުން ގެންގުޅުއްވާތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މައްސަލައަކީ ފެށުނީއްސުރެ ވެސް ޝައްކު އުފެދޭ ކަންތައްތަކެއް ފެންމަތިވި މައްސަލައެއް ކަމަށެވެ. އެހެންވެ، އެއްވެސް ނުފޫޒެއް ނެތް ގޮތަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ ވެސް މައްސަލައިގެ ހެކިތައް ހޯދައިގެން ބެލުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ނިންމާ ކޮންމެ ގޮތަކަށް ވެސް އަމަލުކުރައްވާނެ އެވެ.
“މި ކޭސް ވަރަށް ޝައްކު އުފެދޭ ގޮތަކަށް ނޫންތޯ މިއަދާ ހަމައަށް ވެސް މި އައީ. އެހެންވީމާ އަޅުގަނޑު އެވަނީ ރިޔާސީ ކޮމިޝަނެއް މިކަން ބަލަން އެއްވެސް ނުފޫޒެއް ނެތި، ވަރަށް އޮބްޖެކްޓިވްލީ މުޅި މައްސަލައިގެ ހެކިތަކާއި ގަރީނާތަކާ ހޯދައިގެން ބަލަން އުފައްދާފައި،” ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް އެގޮތަށް ވިދާޅުވިއިރު އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް މިދިޔަ އަންގާރަ ދުވަހު ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ނޯޓިސް ވެސް މަޖިލީހުން ވަނީ މިހާރު ފޮނުވައިފަ އެވެެ.
ހ. ފެންޓެނޯއީގެއަށް ވަނުމުގެ ކުރިން ޔުމްނުއާ އެކު އުޅުނު މީހުން ވަނީ މިނިސްޓަރު އަމީންގެ މއ. މާންދޫގެ ދެކުނުގެ ގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކޮށްފަ އެވެ. އެ މައްސަލައިގައި މީގެ ކުރިން އަމީން ވިދާޅުވީ އެ ގެއަކީ އޭނާގެ އަަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށެވެ. އަދި ޔުމްނު ހިމެނޭހެން ބަޔަކު ގޮސް އެ ގޭގައި އުޅުނީ އަމީންގެ ބާރު ފޯރާ ތަނެއްގައި ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އަމީން ވިދާޅުވެފައިވާ ގޮތުގައި ޔުމްނު ވެއްޓުނު ރޭ އޭނާ ރާއްޖެއަކު ނޫޅުއްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގަތަރުގެ ދޯހާގައި އޮތް ރަސްމީ ބައްދަލުވުމަކަށް ފަހު ރާއްޖެ ވަޑައިގަތީ އެ ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ. ޔުމްނު ވެއްޓިފައި ވަނީ ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ރޭ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގަ އެވެ. އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވާފައި ވާއިރު، ޔުމްނު ވެއްޓުމުގެ ހާދިސާގެ ކުރިން މާންދޫގޭ ދެކުނު ގެޔަށް ބަޔަކު ވަދެ ކުރި ކަންކަމާ ގުޅޭ ތަހުގީގަށް ބޭނުންވާ ސީސީޓީވީ ފުޓޭޖް ވަނީ ލިބޭ ގޮތް ނުވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ ބެލި އިރު ފުޓޭޖް ނެތް ކަމަށެވެ.
ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާންދޫގޭ ދެކުނުގޭގެ ޓެރަސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައި ފާސްކޮށްފަ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެ ގެތައް ފާސްކުރިއިރު، ހާދިސާއާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
