
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގިނައިން ކ. އާރަށަށް ވަޑައިގެންފައިވަނީ ފުޓްސަލް ކުޅުއްވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ އާރަށަށް ކުރައްވާ ދަތުރުފުޅުތަކާއި އާރަށުގައި އާއިލާގެ ފަރިއްކޮޅަށް ހިނގާ ހަރަދުތަކާ ގުޅުވައިގެން ދައްކަމުން އަންނަ ވާހަކަތަކުގެ ތަފްސީލްތައް ދެއްވައިފައެވެ. އަދި މުލިއާގޭގެ ބައެއް ތަފްސީލްތައް ވެސް އެމަނިކުފާނު ދެއްވިއެވެ. ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ފުޓްބޯޅަ ކުޅޭ ހިތްވާ ބޭފުޅެއް ކަމަށެވެ. އަދި އެންމެ ގިނަ އިން އާރަށަށް ވަޑައިގެންފައިވަނީ ފުޓްސަލް ކުޅުއްވަން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިއްހަތު ރަނގަޅަށް ބެލެހެއްޓުމަށް ކަސްރަތު ކުރުމަށް ބަލާލާއިރު، ރަނގަޅު ފެންވަރެއްގެ ފުޓްސަލް ދަނޑެއް އާރަށުގައި އޮންނަކަމަށެވެ. މި ދަނޑު ހަދާފައިވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އާރަށަކީ ގާނޫނީ ގޮތުން ރައީސަކަށް ހުންނަ މީހަކު ބޭނުން ކުރުމަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއް ކަމުން ހަފްތާއަކު ތިން ދުވަހު އާރަށަށް ފުޓްސަލް ކުޅެން ދެވޭތޯ ބައްލަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ހަފްތާއަކު ތިން ދުވަހު ފުޓްސަލް ކުޅެން ނުދެވޭ ކަމުގައިވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މިހާތަނަށް ރައީސްއަށް އާރަށަށް ދެވިފައިވަނީ 116 ފަހަރެވެ. އޭގެތެރެއިން 85 ފަހަރު ރައީސް އާރަށަށް ވަޑައިގެންފައިވަނީ ހަމައެކަނި ފުޓްސަލް ކުޅެން ކަމުގައި ރައީސް ވިދާޅުވިއެވެ. ފުޓްސަލް ކުޅުއްވަން ވަޑައިގަންނަވާ ދުވަސް ދުވަހު ހޭދަކުރައްވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އާއިލާއާއެކުގައި އާރަށަށް ވަޑައިގެންނެވުނީ 31 ފަހަރެވެ. “ދެ ސެކިއުރިޓީ ލޯންޗުގެ ތެލާ އެއްކޮށް މިއަދާ ހަމައަށް ހަރަދުވީ 844،635 ރުފިޔާ ދެން ފަސްދޮޅަސް ލާރި. 116 ދަތުރަށް ބަލާއިރު ހިނގި ހަރަދު އެއީ.” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އާއިލާގެ ފަރިއްކޮޅަށް ހިނގި ހަރަދުތަކުގެ ބިލެއްކަމަށް ބުނެ މީސް މީޑިއާގައި ފަތުރަމުން އަންނަ ބިލުތަކަަކީ ސައްހަ ބިލުތަކެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. “2024 ވަނަ އަހަރު އެއްކޮޅަށް މުލިއާގޭގެ ކެއުމަށް ހަރަދުވެފައިވަނީ 565،703.93 ރުފިޔާ. އާރަށަށް ދިޔަސް ހަރަދުވާނީ މިބަޖެޓުގެ ތެރެއިން. މި އަހަރުގެ އޭޕްރީލު މަހުގެ 30 ވަނަ ދުވަހާހަމައަށް މުލިއާގެއިން ކެއުމަށް ހަރަދުވެފައިވަނީ 175،564.17 ރުފިޔާ،” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
