
(ފޮޓޯ ކްރެޑިޓްސް: މަޒީން)
ރޭސިން ޓްރެކެއް އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޭސިން ޓްރެކެއް އެޅުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަޝްރޫ ކުރިއަށް ގެންދާނީ އެމްއޭސީއެލްގެ ހަރަދުގައި ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވިގޮތުގައި މި ރޭސިން ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ ސިނަމާލޭ ބްރިޖާއި ހުޅުމާލެއާއި ދޭތެރޭގައިވާ ހައިވޭގެ އަރިމަތީގައިވާ ސޯލާ ޕެނަލްތަކުގެ ބޭރުން އޮންނަ މޫދުން ބައެއް ހިއްކައިގެންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަށް ބޭނުންވާ ވަރަށް ބިން ހިއްކައިގެން އެކަން ކުރެވޭނެ ޖާގަ އެބައޮތެވެ. ރައީސް އިތުރަށް ވިދާޅުވީ އެ ތަނުގައި ރޭސިން ޓްރެކެއް އެޅުމަށް ނިންމާފައިވަނީ އެކަމުގެ ނުރައްކާތެރިކަމުން މީހުން ދިރުއުޅޭ ތަނެއްގައި ރޭސިން ޓްރެކެއް ހެދެން ނެތުމުން ކަމަށެވެ. މީގެ އިތުރުން ގުޅިފައިވާ ތަނެއްގައި މިކަން ކުރަން ބޭނުންވާއިރު، ރޭސިން ޓްރެކެއް އެޅުމަށް ހުޅުމާލޭގައި ވެސް ބިމެއް ނެތް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރޭސިން ޓްރެކްގެ މަސައްކަތްތަކުގެ މައުލޫމާތާއި، މަސައްކަތް ނިމޭނެ ތާރީހަކާއި މި މަޝްރޫއަށް ހަރަދުވާ ވަރެއް އެމްއޭސީއެލްއިން ހާމަކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
