
ދިވެހި އަސްކަރިއްޔާއަށް މިސައިލު ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ “މިސައިލެއް ގަންނަން” ނުވަތަ “މިސައިލެއް ހޯދާކަށް” ވެސް ނޫޅޭ ކަމަށެވެ.
“އަޅުގަނޑާ ބައްދަލުކުރަން އައި ބޭރު ގައުމެއްގެ ސަފީރެއް ބައްދަލުކޮށްފައި ވަރަށް ކަންބޮޑުވެގެން ދެއްކި މިސައިލްގެ ވާހަކަ. އަޅުގަނޑު ބުނީ ނޫނެކޭ، ތިއީ ހުސް ދޮގު ވާހަކަތަކެކޭ. އަޅުގަނޑުމެން ނޫޅެމޭ މިސައިލު ގަންނާކަށް. ނުގަންނަން މިސައިލެއް، ހޯދާކަށް ވެސް ނޫޅެން،” ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން ތުރުކީން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ. އެ އުޅަނދަކީ މިސައިލް ހަރުކޮށްފައި ހުންނަ އުޅަނދެއް ނޫން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
“ރާއްޖޭގައި މިހާތަނަށް ނެތް ސައިޒެއް އެއީ. އެއްވެސް ހަރަދެއް އަޅުގަނޑުމެން ކުރަން ޖެހުނީއެއް ނޫން.” ރައީސް ވިދާޅުވިއެވެ. ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާ ހަވާލާދީ ބުނި ގޮތުގައި ތުރުކީން ގެންނަނީ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ޑޯގަން-ކްލާސްގެ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.
ރާއްޖޭގެ ދިފާއީ ވުޒާރާ އިން ވިދާޅުވީ ތުރުކީ އިން ހަދިޔާކުރާ އަސްކަރީ މަނަވަރު ގެނައުމަކީ ރާއްޖޭގެ ކަނޑުގެ ސަލާމަަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ދިވެހި ސިފައިންގެ ގައިގައި ހަރުލެއްވުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމުގެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީ ވިލާތުގައި ދިވެހި ސިފައިންގެ ޓީމެއް ދަނީ ތަމްރީންވަމުންނެވެ.
ދިފާޢީ ޒުވާރާއިން ވިދާޅުވީ ސިފައިންގެ ޚިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ، ގާނޫނުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްސަ އިގްތިސާދީ ސަރަޙައްދާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބޭ ވަރަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
