
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10:00ގައެވެ. ގާތްގަނޑަކަށް 15 ގަޑިއިރު ދެމިގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުން ނިމުނީ މެންދަނު 01:00 ޖަހަނިކޮށެވެ. މި ނޫސްވެރިންގެ ބައްދަލުވުން އެމަނިކުފާނު ފެއްޓެވީވެސް ނޫސްވެރިން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބުދެއްވާނެކަމަށް ވިދާޅުވަމުންނެވެ. އެއީ އަނެއް ދުވަހާ ހަމައަށް ދިގުދެމިގެން ދިޔަކަމުގައިވިޔަސްކަމަށް ވިދާޅުވުމަށްފަހުއެވެ. ރައީސް މެދުނުކެނޑި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މުޖުތަމަޢުގައި ނޫސްވެރިކަމުގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޙަޤީޤަތާ އެއްގޮތަށް، ހަމަހަމަކަމާއެކު އަދި ވަކިފަރާތަކަށް ނުޖެހި ޚަބަރު ފެތުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.. ނަމާދު ވަގުތުތަކަށް ކުޑަ ހުސްވަގުތުކޮޅުތަކެއް ދެއްވައިގެން ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު އާންމު ރައްޔިތުން ނޫސްވެރިން މެދުވެރިކޮށް ހުށަހެޅި ސުވާލުތަކަށްވެސް ޖަވާބު ދެއްވިއެވެ. ރައީސް ބޭއްވެވި ނޫސްވެރިންގެ މި ބައްދަލުވުން ކުރިއަށްގެންދަވާފައި މިވަނީ މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖޭގެ ދަރަޖަ ރަނގަޅުވެފައިވެސްވާ ދަނޑިވަޅެއްގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއްކަމަށްވާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 104 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 106 ވަނައިގައެވެ.
މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށާއި، މަޢުލޫމާތު ހޯދުމުގެ ފުރުޞަތު އިތުރުކުރުމަށާއި، ނޫސްވެރިކަމުގެ ވަސީލަތްތައް ރަނގަޅުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިފަދަ އެއް މަސައްކަތަކީ ރާއްޖޭގެ މީޑިއާތަކަށް އެހީތެރިވުމަށްޓަކައި މީޑިއާ ވިލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ޑިވެލޮޕަރަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި، އަމިއްލަ މީޑީއާތަކަށް އެހީތެރިވުމަށް ސަރުކާރުން 27.98 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މީގެ އިތުރުން މައުލޫމާތު ހާމަކަން ބޮޑުކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް ސަރުކާރުން ވަނީ 141 ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، 1,071 މީޑިއާ އިންޓަވިއު ބާއްވާފައެވެ. އޭގެތެރޭގައި އަހާ ފޯރަމްގައި ސީދާ ރައްޔިތުންނާ ގުޅުން ބަދަހިވެ، ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންނާ ދެމެދު މަޝްވަރާކުރުމަށް އިތުރަށް ބާރުއަޅާފައިވެއެވެ. މީގެ ތެރޭގައި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތައްވެސް ހިމެނެއެވެ.
ރައީސް އޮފީހުން ވަނީ “ރައްޔިތުންނާ އެކު” ގެ ނަމުގައި ޕޮޑްކާސްޓެއްވެސް ފަށާފައެވެ. މި ޕޮޑްކާސްޓުގައި ރައީސް މުޢިއްޒު ސީދާ ރައްޔިތުންނާ ވާހަކަދައްކަވައި، ސިޔާސަތުތަކާ ބެހޭ މަޢުލޫމާތައް ހިއްސާކުރައްވައެވެ. މިހާތަނަށް ޕޮޑްކާސްޓުގެ 4 އެޕިސޯޑް ވަނީ ނެރެވިފައެވެ. “ރައްޔިތުންގެ އަޑު” ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ވަނީ 1,043 ޝަކުވާ ނުވަތަ ހުށަހެޅުން ރައީސަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 705 އަށް ރައީސް ވަނީ ޖަވާބުދެއްވާފައެވެ. މި މަސައްކަތަކީ ސީދާ ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ ފުޅާ މަސައްކަތުގެ ބައެކެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނޫސްވެރިންގެ ބައްދަލުވުން ތާރީޚުން ޖާގަ ހޯދައި ރެކޯޑު ބައްދަލުވުމަކަށްވީ، މިއީ ޤައުމެއްގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށް ވުމެވެ. މިހާތަނަށް އެ ރެކޯޑު އޮތީ ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީއެވެ. ޒެލެންސްކީ 14 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
