
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލައި، ނަޒާހާތްތެރިކަން ކަށަވަރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރުން އިޢުލާންކުރެއްވި “މޯލްޑިވްސް 2.0” ޑިޖިޓަލައިޒޭޝަން ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޑިޖިޓަލައިޒޭޝަންގެ ސިޔާސަތެއް ރާއްޖޭގައި ޤާއިމްކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެންދާނެކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އެސްޓޯނިއާ ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީވެސް އެއީކަމަށެވެ. އެސްޓޯނިއާއަކީ ކޮރަޕްޝަން ނައްތާލާ، ހާމަކަން ބޮޑުގޮތެއްގައި، އަވަސްކަމާއެކު ވެރިކަން ހިންގާ ޤައުމުތަކުގެ ތެރެއިން ދުނިޔޭގެ އިންޑެކްސްގައި އެންމެ މަތީގައި އުޅޭ އެއްޤައުމެވެ. އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މުޅި ދުނިޔެއިން ދެވަނައަށް އެންމެ ޕްރެސް ފްރީޑަމްއޮތީވެސް އެސްޓޯނިއާގައިކަމަށެވެ. އަދި އެތަނަކީ ފުލީ ޑިޖިޓަލައިޒްޑް ޤައުމެއްކަމަށާއި، އިންޓަރ ގަވަރމަންޓް ނިޒާމެއް އޮތް ޤައުމެއްކަމަށެވެ.
“އޮޓަމެޓިކަލީ ނުވަތަ ޑިޖިޓަލީ ކަންކަން ކުރާގޮތަށް ބަދަލުވީމަ ވަރަށް ބޮޑުތަނުން ކޮރަޕްޝަން ދަށްކުރެވޭނެ. އަދި ކޮރަޕްޝަން ނައްތާލާ ވަރަށް ބޮޑުތަނުން ހާމަކަން ބޮޑުކުރެވޭނެ ޑިޖިޓަލް ނިޒާމަކަށް ދިޔައިމަ. އަދި އަވަސްވެސް އެބަ ކުރެވޭ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މޯލްޑިވްސް 2.0 އަކީ ކުރިއަށްއޮތް 3 އަހަރު، ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ލޯންޗުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި ހާމަކަން ބޮޑުކަމާއި ފަސޭހަކަމާއެކު ވެރިކަން ހިންގުމުގެ ނިޒާމެއް ޤާއިމްކުރުންކަަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަންތައް:
* އެކި ދާއިރާތަކުން އިންގިލާބީ ޑިޖިޓަލް ބަދަލުތަކެއް ގެނައުމަށް
* އައިސީޓީ ނިޒާމުތައް ތަރައްޤީކުރުމަށް
* ޑިޖިޓަލް ޒަމާނަކަށްފެތޭ ޤާނޫނީ އޮނިގަނޑު
* ފުރިހަަމަ ސިޔާދަތާއި ރައްކާތެރިކަން ލިބިގެންވާ ޑިޖިޓަލް ބިނާރު
* ރައްޔިތުންނަށްޓަކައި ފޯރުކޮށްދެވޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް
* ގައުމުގެ ވިލުންވެރިކަމަށް ސައިބަރ ސެކިއުރިޓީ
* އޯޕަން ޑޭޓާގެ ނިޒާމެއްގައި ސަރުކާރުގެ އިދާރީ ހިންގުން
* ޑިޖިޓަލް ފާހުގެ ރައްކާތެރިކަމާއެކު އިތުބާރުހިފޭ މުޢާމަލާތްތައް
މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިމަހުގެ 9 ވަނަ ދުވަހު މުޅި ދައުލަތް ހިމެނޭހެން ޑިޖިޓަލައިޒޭޝަން ސިޔާސަތާގުޅޭ ބޮޑު ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއް އެއްތަންވެ، މުޅި ދައުލަތުގެ ނިޒާމު ހިންގުމުގައި ކުރިއަށްއޮތް 3 އަހަރު ދުވަހުގެ މަޝްރޫޢެއް ލޯންޗްކުރުންކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
