
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޫކުރަން ފެށުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އިތުރު އަރޯކަމެއް ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ވީ އެންމެ ބޮޑު އެއް ވަޢުދަކީ މަސްވެރިން ބާނާމަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދިނުންކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު 250 މިލިޔަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އޮތްކަމަށެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާ ޚަލާސްކޮށް، މިހާރު ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
“އެފައިސާ ދޭންފެށިފަހުން އެކަނިވެސް 488 މިލިޔަން ރުފިޔާ މިހާރު ވާނީ މަސްވެރިންނަށް ދޫކުރެވިފަ. ޖުމްލަކޮށް އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީފަހުން 1.59 ބިލިޔަން ރުފިޔާ ވަނީ ދެވިފަ. އެއީ ފިއުލް ސަބްސިޑީޒްތައް ހިމެނޭގޮތަށް.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެ މަސްވެރިކަމަށް އިތުރު އާރޯކަމެއް ލިބިގެންދިޔަކަމަށެވެ. އަދި މަސްވެރިންކަމުގެ ސިނާއަތަށް އިންވެސްޓްކުރާ ފަރާތްތައް އިތުރުވެ، އަމިއްލަ ފަރާތްތަކުގެ އިތުރުން ފަޅުވެރިންވެސް އިތުރު ދޯނިތަކެއް ބަންނަން ފަށައިފައިވާކަމަށް ރައިސް ވިދާޅުވިއެވެ. އަދި މަސްދޯނިތަކުން ފާބައިގެން ދިޔަ މީހުން އަލުން އަނބުރާ މަސްދޯނިތަކަށް އައިސްފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށްއޮތްތާގަވެސް ހަމަމިގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރެވިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދިނުމުގެ އިތުރުން މި ސިނާއަތް ކުރިއެރުވުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަށް ދެގުނައަށްވުރެ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންނާ ހަވާލުވީއިރު 9500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއެއް ހުރި. އަދި ރޭވިފަ ހުރި މަސައްކަތްތައް ރަނގަޅަށް ކުރިއަށްގެންދެވިއްޖެނަމަ 25000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއަށް ބޮޑުކުރުމަކީ ހާސިލްކުރެވޭނެ ޓާގެޓެއް. ވައުދެއް ނޫން ޓާގެޓެއް. ވައުދުގަ އޮންނާނީ ކެޕޭސިޓީ ދެގުނަ އިތުރުކުރުން. މި ވައުދު ހަމަޔަގީނުންވެސް ހާސިލްވެގެންދާނެ.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
