
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދަޢުލަތުގެ ރިޒާވްވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދަޢުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލޯނު އަނބުރާ ދެއްކުމަށްޓަކައި މިއަހަރުގެ މިހާތަނަށް 2.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މީގެތެރެއިން ކުރިން ނަގާފައިހުރި ލޯނުތައް ދެއްކުމަށް 100 މިލިޔަން ޑޮލަރު ހޭދަކުރަންޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖޭގެ މާލީ ހާލަތު ހުރީ ރަނގަޅު ރާސްތާއެއްގައި ކަމަށާއި ރިސަރވް އިތުރުވަމުންދަނީ ރަނގަޅު މިސްރާބަކަށްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކަންކަމަށް ހަރަދުކުރަމުންދަނީ ރޭވުންތެރިކަމާއެކު ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު 2 މިލިޔަން ޑޮލަރުގައި ހުރި ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑު، މިއަދާ ހަމައަށް 121 މިލިޔަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށެވެ. އަދި މިއީ ބޭރުގެ ދަރަނި ދައްކަމުން ޖަމާކޮށްފައިވާ އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ. “121 މިލިޔަން ޑޮލަރު 30 އޭޕްރީލްގެ ނިޔަލަށް ޖަމާކުރެވިއްޖެ، އެސްޑީއެފް ފަންޑަށް، ޙަރަދުތައް ކުރަމުން މި ވަރު ޖަމާކޮށްފައިމިވަނީ” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ ނިމިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވްރިން ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރުގެ ވެރިކަން ނިމުނުއިރު، އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއްހެން މާރުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
