
(ފޮޓޯ ކްރެޑިޓްސް: ސީ ފްރޮމް ދަ ސްކައި)
ޤަވާއިދަށް ބަދަލުގެނެސް، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ގޮތަށް، ލުއިތަކާއި އެކު ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަތުރުވެރިކަން ކުޑަކޮށް ތަރައްޤީވެފައިވާ 5 އަތޮޅުކަމުގައިވާ، ހއ. ހދ. ށ. ތ. އަދި ލ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ލުއިތައް ދިނުމަށްޓަކައި ލޭންޑް އިކުއިޒިޝަން ކޯސްޓާއި އިމްޕޯޓް ޑިއުޓީއިން ޚާއްސަ ލުއިތަކެއް ދިނުމަށް ކަމާބެހޭ ޤަވާއިދަށް ބަދަލުގެނެސް މިމަހު ހުޅުވާލާނެ ކަމަށެވެ.
“5 އަތޮޅަށް އެކަނި ސަސްސެޓް ކްލޯސްއެއް ލާފައި ހުޅުވާލުމަށް، އެކިއުޒިޝަން ކޯސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ، މިއާ އެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތަށް ލިބިގެންދާނެ ކަމަށް މި ބަލަނީ،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ވަކި މުއްދަތަކަށް ކަމަށެވެ. އަދި މުއްދަތު ހަމަވުމުން އާއްމު އަގުތަކަށް އެ އަތޮޅުތަކުންވެސް ޓެކްސް ފައިސާ ނަގާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަށް ފަތުރުވެރިކަން ފުޅާކުރުމަށް ބިޔަ މަޝްރޫޢުއެއް ހިންގުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.އަދި މިހާރު މި މަޝްރޫޢަށް ފައިސާ ހޯދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“އައްޑޫ ސިޓީގެ އައްސޭރި ޓޫރިޒަމަށް ވަނީ މާރިޗުމަހުގެ 21ވަނަ ދުވަހު އިޢުލާންކޮށްފައި، ކްރޮސް ސަބްސިޑީގެ އުސޫލުން މި މަޝްރޫޢު ހިންގުމަށް،” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ މިހާރު މަސައްކަތް ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށްވެސް އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިކުރެވޭ މަސައްކަތްތަކާއި އެކު މިއަހަރުތެރޭގައި ފަތުރުވެރިކަމަށް އިތުރު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
