
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ ކަޝްމީރުގައި ޓޫރިސްޓުން ތިބި ސަރަޙައްދަކަށް ދިން ޙަމަލާއާ ގުޅިގެން، ޕާކިސްތާނާ ދެމެދު އޮންނަ ނުތަނަވަސްކަން ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުން މުދާ އެތެރެކުރުން އިންޑިޔާއިން މަނާކޮށްފިއެވެ. އިންޑިޔާގެ ކަމާގުޅޭ އިދާރާއިން ކުރި އިޢުލާނެއްގައި ވަނީ، މިއަދުން ފެށިގެން ޕާކިސްތާނުން މުދާ އެތެރެކުރުމާއި، ޕާކިސްތާނުގެ މުދާ އުފުލާ އުޅަނދުތަކުގެ އިތުރުން ޕާކިސްތާނު މަގުން އިންޑިޔާއަށް މުދާ އެތެރެކުރުން މަނާކޮށްފައެވެ. މިގޮތުން، ޕާކިސްތާނުގެ އެއްވެސް ކަނޑުގެ އުޅަނދެއް އިންޑިޔާގެ ބަނދަރަކަށް ވަނުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ޕާކިސްތާނަށް ދީފައިވާ ލޯނުތައް އަލުން މުރާޖަޢާ ކުރަން އިންޑިޔާއިން އެދިފައިވާ ކަމަށް، އިންޑިޔާ ސަރުކާރުގެ މަސްދަރަކާ ޙަވާލާދީ “ރޮއިޓަރސް” ނޫހުން ވަނީ ބުނެފައެވެ. ޕާކިސްތާނަށް އައިއެމްއެފުން ހަމަޖައްސައިދިން 7 ބިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން، މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ 1.3 ބިލިއަން ޑޮލަރު ދޫކޮށްފައެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އިންޑިޔާ ސަރުކާރުން ވެސް އަދި އައިއެމްއެފުން ވެސް އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. މި ކަމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރަށް ހޫނުވެފައިވާއިރު، ދެ ޤައުމުގެ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ލުއި ހަތިޔާރު ބޭނުންކޮށްގެން ދެ ޤައުމުގެ ސިފައިން ދަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.
މި ޙަމަލާއާ ގުޅިގެން ދެ ޤައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ޕާކިސްތާނާ އެކު ފެން ޙިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް ޢަމަލުކުރުން މެދުކަނޑާލައިފައެވެ. އޭގެ ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިޔަން އެއާލައިންސްގެ ފްލައިޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ. މީގެއިތުރުން، ދެ ޤައުމުން ވެސް މިހާރު ވަނީ ޚާރިޖީ ގުޅުން ދަށްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
