
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް އެ ޤައުމުގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އޮސްޓްރޭލިޔާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު ޖެހިޖެހިގެން ދެ ދައުރު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ. އޮސްޓްރޭލިޔާގެ އިންތިޚާބީ ކޮމިޝަނުން ބުނީ ވޯޓުގެ 68 އިންސައްތަ މިހާރު ގުނާ ނިމިފައިވާއިރު ޤާނޫނުހަދާ މަޖިލީހުގެ 150 ގޮނޑީގެ ތެރެއިން 81 ގޮނޑި އަލްބަނީސް ނިޞްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއާއެކު ހިނގަމުންދާ ދައުރުގައި ލޭބަރ ޕާޓީއަށް ލިބިފައިވާ ގޮނޑީގެ ޢަދަދަށްވުރެ އަންނަ ދައުރުގައި ލިބޭ ގޮނޑީގެ ޢަދަދު އިތުރުވާނެއެވެ.
ސަޕޯޓަރުންނަށް ކާމިޔާބީ އިޢުލާނު ކުރައްވައި އަލްބަނީސް ވިދާޅުވީ އޭނާގެ ޕާޓީން އިތުރު ޕާޓީއަކާ އިއްތިޙާދެއް ޤާއިމު ކުރަން ނުޖެހޭ ވަރަށް ގޮނޑި ކާމިޔާބުވެފައިވާ ކަމަށެވެ. އޭނާގެ ޕާޓީން ޚިޔާރު ކުރާނީ އޮސްޓްރޭލިޔާގެ އަމިއްލަ ގޮތް ކަމަށާއި އެހެން ޤައުމުތަކުގެ ސިޔާސަތުތަކާއި ފިކުރަށް ތަބާ ނުވާނެ ކަމަށް އަލްބަނީސް ވިދާޅުވިއެވެ. ޤައުމު ހިންގާނީ އަމިއްލައަށް ކަމަށާއި އެހެން ބައެއްގެ މައްޗަށް ބަރޯސާވެގެން ނޫން ކަމަަށް އޭނާ އިތުރަށް ވިދާޅުވިއެވެ. ވެރިކަމުގެ ދެވަނަ ދައުރެއް އަލްބަނީސް ކާމިޔާބު ކުރައްވާފައިވާއިރު އިދިކޮޅު ލީޑަރު، ޕީޓަރ ޑަޓްންއަށް ވަނީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. ޤާނޫނުހަދާ މަޖިލީހުގައި އޭނާ ފުރުއްވަމުން ދިޔަ ކުއިންސްލެންޑުގެ ޑިކްސަންެގެ ގޮނޑި ވަނީ 20އަހަރަށް ފަހު ގެއްލިވަޑައިގެންފައެވެ. އެ ގޮނޑި މި އިންތިޚާބުގައި ކާމިޔާބު ކުރައްވާފައި ވަނީ ލޭބަރ ޕާޓީގެ ކެންޑިޑޭޓު އަލީ ފްރާންސެވެ. ބަލި ޤަބޫލު ކުރައްވައި ޑަޓްން ވަނީ ފްރާންސުގެ ކެމްޕޭނަށް ތައުރީފު ކުރައްވައިފައެވެ. ފްރާންސްގެ ކާމިޔާބީއަކީ ލޭބަރ ޕާޓީއަށް ލިބުނު ތާޜީޚީ މޮޅެއް ކަމަށް ވިދާޅުވެ ޑަޓްން ވިދާޅުވީ މެންބަރެއްގެ ގޮތުގައި ފްރާންސް ރަނގަޅަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކެންޕޭނުގެ ދުވަސްވަރު ޑަޓްން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ބައެއް ސިޔާސަތުތަކާ އެއްގޮތް ސިޔާސަތުތަކެއް އިޢުލާނު ކުރައްވައިފައެވެ. އެ ގޮތުން ލިބެރަލް ޕާޓީން ވަނީ ޓްރަމްޕްގެ ކެންޕޭނުގައި ބޭނުން ކުރެއްވި ބައެއް ޝިޔާރުތަކާ އެއްގޮތް ބައެއް ޝިޔާރުތައް ބޭނުން ކުރައްވައި އިމިގްރޭޝަނާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން ވެސް ހަރުކަށި ހަރުކަށި ސިޔާސަތުތަކެއް އިޢުލާނު ކޮށްފައެވެ. މިދިޔަ ފެބްރުވަރީ މަހާ ހަމައަށް ވެސް ޕޯލްތަކުގެ ކުރީގައި ލިބެރަލް ޕާޓީ އޮތުމަށް ފަހު ޢާންމުންގެ މެދުގައި އެ ޕާޓީގެ މަޤުބޫލުކަން ގެއްލުނު މައިގަނޑު ސަބަބަކީ އެއީ ކަމަށް ބެލެވެއެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ލޭބަރ ޕާޓީން ވަނީ ޑަޓްންއަކީ ޓްރަމްޕާ އެއްގޮތް ޚިޔާލު ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައި، ލޭބަރ ޕާޓީއަކީ މެދުމިނުގެ ޕާޓީއެއްގެ ގޮތުގައި ކާމިޔާބުކަމާއެކު ދައްކުވައިދީފައެވެ.
އަލްބަނީސް ވެެރިކަމުގެ އިތުރު ދައުރެއް ކާމިޔާބު ކުރައްވާފައި ވަނީ އޮސްޓްރޭލިޔާގައި ދިރިއުޅުމުގެ އަގުބޮޑުވުމާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޮސްޓްރޭލިޔާގެ އިޤްތިޞާދީ އަދި މާލީ ކަންކަމާބެހޭ އެންމެ އިސް ފަރާތް ކަމުގައިވާ އެ ޤައުމުގެ ޓްރެޜަރާ، ޖިމް ޗެލްމާރސް ވަނީ ޕާޓީގެ ކާމިޔާބީއަކީ ތާޜީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. ޕާޓީއަށް އެ ފަދަ ކާމިޔާބީއެއް ލިބިފައި ވަނީ ބޮޑުވަޒީރު އަލްބަނީސްގެ އިސްނެންގެވުމާއި މޭސްތިރިކަމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތައް ޙައްލު ކުރުމަށް ޕާޓީން ދޭ އިސްކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
