
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަނުގެ ބޮޑުވަޒީރު އަޙްމަދު އަވާދު ބިން މުބާރަކް މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ސަރުކާރުގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވިކަން އިޢުލާނު ކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އިސްތިޢުފާ ދެއްވީ ސަރުކާރުގެ މަސައްކަތްތަކުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ކަމަށާއި ސަރުކާރަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވޭތީ ކަމަށެވެ. ޔަމަނުގެ ބޮޑުވަޒީރުގެ މަޤާމަށް މުބާރަކް ޢައްޔަނު ކޮށްފައި ބަނީ 2024ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ. އޭރު އޭނާ ހުންނެވީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ މަޤާމުގައެވެ. ޢާންމުންގެ މެދުގައި ދެކެފަރިތަ ބޭފުޅަކަށް މުބާރަކް ވެވަޑައިގަތީ 2015ވަނަ އަހަރު ޔަމަނުގެ ރައީސްގެ މަޤާމުގައި އޭރު ހުންނެވި އަބްދުއްރަބް މަންޞޫރު ޙާދީގެ ޗީފް އޮފް ސްޓާފްގެ އޭނާ ފުރުއްވަމުން ދަނިކޮށް އެ ޤައުމުަގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން އޭނާ ވަގަށް ނެގުމުންނެވެ.
ސަރުކާރަށް ނިޞްބަތްވާ ބައެއް މަސްދަރުތަކުން ބުނީ މުބާރަކް އިސްތިޢުފާ ދެއްވާފައި ވަނީ ޔަމަނުގެ ރިޔާސީ ކައުންސިލްގެ އިސްވެރިޔާ، ރަޝާދް އަލް-އާލިމީއާާ ދެބޭފުޅުން ދެބަސްވެވަޑައިގެންފައި ވަނިކޮށް ކަމަށެވެ. ސަރުކާރަށް ނިޞްބަތްވާ 12 ވަޒީރަކު ވަކިކުރުމަށް މުބާރަކް ހުށަހެޅުއްވުމުން އެ ކަމަށް އަަލް-އާލިމީ ދެކޮޅު ހައްދަވާފައިވާ ކަމަށްވެއެވެ. ބެލެވޭ ގޮތުގައި ޔަމަނުގެ ބޮޑުވަޒީރުގެ މަޤާމަށް ދެން ޢައްޔަނު ކުރާނީ އެ ޤައުމުގެ މާލީ ވަޒީރު ސާލިމް ޞާލިޙް ބިން ބުރައިކްއެވެ. ބޮޑުވަޒީރުގެ މަޤާމުން މުބާރަކް އިސްތިޢުފާ ދެއްވާފައި ވަނީ ޙޫޘީންނަށް އަމާޒުކޮށް އެމެރިކާއިން ޔަމަނަށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މާރިޗު މަހުން ފެށިގެން އެމެރިކާއިން ޔަމަނަށް ދެމުންދާ ޙަމަލާތަކަކީ އެމެރިކާގެ ރައީސްގެ މަޤާމާ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާއިން މެދުއިރުމަތީގައި ހިންގާ އެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެވެ.
ޔަމަނުގައި ދާޚިލީ ހަނގުރާއެއް ކުރަމުންދާތާ މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ. 2014ވަނަ އަހަރުގެ ތެރޭގައި ޙޫޘީން ވަނީ އެ ޤައުމުގެ ވެރިރަށް ޞަންޢާ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ސަރުކާރު ބޭރު ކޮށްލައިފައެވެ. ނަތީޖާއެއްގެ ގޮތުން ރަސްމީ ސަރުކާރަށް ޖެހުނީ ޔަމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޢަދަނަށް ބަދަލުވާށެެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވެފައިވާއިރު ޔަމަނުގެ ހުޅަނގާއި އުތުރުގެ މައި ސަރަޙައްދުތައް ހިމެނޭ ގޮތަށް އެ ޤައުމުގެ ބޮޑު ބައެއް މިހާރު އޮތީ ޙޫޘީންގެ ބާރުގެ ދަށުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
