
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ޔަމަނުގެ ރައުސު ޢީސާ ތެޔޮ ބަނދަރަށް އަނެއްކާވެސް ވައިގެ ޙަމަލާތަކެއް ދީފިއެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު، ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ހޫޘީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދަށް އެމެރިކާއިން ދިން ޙަމަލާގައި 80 މީހުން ޝަހީދުވެފައިވަނިކޮށް، ރޭގެ ވަގުތެއްގައި އެމެރިކާއިން ވަނީ އެ ބަނދަރަށް އަނެއްކާވެސް ޙަމަލާދީފައެވެ. އެމެރިކާއިން މި ޙަމަލާ ދީފައިވަނީ، ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދީފައިވަނިކޮށެވެ. އެ މިސައިލްތައް ދިފާޢީ ނިޒާމުގެ ތެރެއިން ހުއްޓުވާފައިވާ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ބުންޏެވެ.
މިދިޔަ މަހުގެ 15ގައި އެމެރިކާއިން ދިން ޙަމަލާއަކީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން މެދުއިރުމަތީގައި އެމެރިކާއިން ދިން ޙަމަލާތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން ޝަހީދުވި އެއް ޙަމަލާއެވެ. އެމެރިކާއިން މިދިޔަ މާރިޗު މަހުގެ ތެރޭގައި ދެ ދުވަހެއްގެ މަތިން ޔަމަނަށް އަމާޒު ކުރި ޙަމަލާތަކެއްގައި ވެސް 50އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދީ ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދު ކުރަމުންނެވެ. އެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫޘީން ވަނީ ޔަހޫދީންނާ ގުޅުންހުރި އެކި އުޅަނދުފަހަރަށް ކަނޑުމަގުން ޙަމަލާ ދެމުންނެވެ. އެއީ ޔަމަނުން ޣައްޒާއާއެކު ވާ ކަމަށް ބުނެ ދެމުންދާ ޙަމަލާތަކެކެވެ. މިހާތަނަށް އެ ފަދަ 100އަށްވުރެ ގިނަ ޙަމަލާ ޔަމަނުން ދީފައިވެއެވެ. ހޫޘީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެމެރިކާއަށް ވެސް ގެއްލުންތައް ލިބެމުންދާއިރު ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ނުހުއްޓާނަމަ ޔަމަނަށް ޙަމަލާ ދެމުންދާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
