
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް، އައިއެސްގެ ގޮތްޕާ ދެކޮޅަށް އެ ޤައުމުގައި ވެރިކަން ކުރާ ޠާލިބާނުން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަން ރަޝިޔާއިން ހާމަކޮށްފިއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ، ރަޝިޔާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޒަމީރް ކަބޫލޮފެވެ. އޭނާއަކީ ރަޝީޔާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.
އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން ވެރިވެގަނެފައި ވަނީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެ ޤައުމުގައި މިހާރު ވެރިކަން ކުރަމުން ދަނީ ޠާލިބާނުން އެކުލަވައިލާފައިވާ ސަރުކާރަކުންނެވެ. އެއްވެސް ޤައުމަކުން އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޠާލިބާނުންގެ ސަރުކާރު ބަލައިގަނެފައި ނެތް ނަމަވެސް، ބައެއް ޤައުމުތަކުން ދަނީ ޠާލިބާނުންގެ ސަރުކާރާ ގުޅުންތައް ދަމަހައްޓައި، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ކަބޫލޮފް ވިދާޅުވީ، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް-ޚޮރަސާން (އައިސިސް-ކޭ) ގޮތްޕަކީ ކާބުލްގެ ސަރުކާރުގެ އިތުރުން މޮސްކޯގެ ވެސް ޢަދުއްވެއް ކަމުގައެވެ. “އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އައިއެސްގެ ގޮތްޕާ ދެކޮޅަށް ޠާލިބާނުން ކުރަމުންދާ މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނޭ، އެ މަސައްކަތްތައް ބަލައިގަންނަން. އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ޚާއްޞަ އޮނިގަނޑެއްގެ ތެރެއިން [އަފްޣާނިސްތާނުގެ] އިދާރާތަކަށް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން،” އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އަތްގަދަ ކޮށްފައި ވަނީ، 20 އަހަރުގެ ދިގު ހަނގުރާމައަކަށް ފަހު އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފޭބުމާ އެކުގައެވެ. އެއަށް ފަހު، ޠާލިބާނުން ޤާއިމު ކޮށްފައިވާ ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތު ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް، ބައެއް ޤައުމުތަކުން ދަނީ ޠާލިބާނުންނާ ގުޅުން ބަދަހި ކުރަމުންނެވެ. އަދި، ހުސްވި އޭޕްރިލް މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން ޠާލިބާނުން އުނިކޮށްފައެވެ.
ޠާލިބާނުންނަށް އެހީވުމަކީ ބޮޑު ފިޔަވަޅެއް
އައިއެސާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޠާލިބާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ރަޝިޔާއިން ހާމަކުރުމަކީ ބައިނަލްއަޤްވާމީ ސިޔާސީ ރޮނގުން ފާހަގަ ކޮށްލެވޭ ފިޔަވަޅެކެވެ. އަދި، މޮސްކޯއާއި ކާބުލާ ދެމެދު އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް ރައީސް ވްލަޑިމިޔަރ ޕުޓިން ކުރައްވަމުން ގެންދަވާ މަސައްކަތް ރަމްޒު ކޮށްދޭ ނިންމުމެކެވެ. ނިރުބަވެރިކަމާ ދެކޮޅަށް ޕުޓިންގެ ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި ޠާލިބާނުންނަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ. އައިއެސުން ރަޝިޔާއަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. މާރިޗު މަހުގެ 24ވަނަ ދުވަހު މޮސްކޯގެ ރަށްބޭރުގައި ހުރި ކޮންސެޓު ހޯލަކަށް އަމާޒުކޮށް އައިއެސުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި 145 މީހުން މަރައިލާފައިވެއެވެ. އެ ޙަމަލާގެ ފަހަތުގައި އޮތީ އައިސިސް-ކޭ ކަމުގައި އެމެރިކާގެ ޖާސޫސީ އިދާރާއިން ވެސް ވަނީ ބުނެފައެވެ.
ޠާލިބާން ސަރުކާރުން ބުނީ، ނިރުބަވެރި ކަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރިއަށްގެންދާ ކަމުގައެވެ. އަދި، އައިސިސް-ކޭން އަފްޣާނިސްތާނުގައި ހިންގަމުންދާ ނިރުބަވެރި ހަރަކާތްތަކަށް ނިމުމެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމުގައެވެ.
ޠާލިބާނުންނާ އެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަނީ
ޠާލިބާނާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ވެސް ކަބޫލޮފް ވަނީ ހާމަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަފްޣާނިސްތާނުން މޮސްކޯއަށް ކަނޑައަޅާފައި ހުންނަ ސަފީރަށް ރުހުން ދިނުމަށް މޮސްކޯއިން ނިންމާފައިވާ ކަމުގައެވެ. އަދި، އެ ކަމުގެ މަޢުލޫމާތު ޠާލިބާނުންގެ ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަމުގައެވެ. މީގެ އިތުރުން، ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން ޠާލިބާނުން އުނި ކުރުމާ އެކު، ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ ފުރުޞަތު އިތުރަށް ފަހިވިގެން ގޮސްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. “އަފްޣާނިސްތާނުގެ ސަފީރު މޮސްކޯއަށް އައުމުން [ދެ ފަރާތުގެ ދެމެދުގައި އޮތް] މައްސަލަތަކަށް ޙައްލު ލިބިގެން ދާނެ،” އޭނާ ވިދާޅުވިއެވެ.
ރަޝިޔާއާއި އަފްޣާނިސްތާނާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިން ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އޭޕްރިލް މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ. އަފްޣާނިސްތާނަކީ ހަކަތައިގެ ދާއިރާއާއި އުމްރާނީ ތަރައްޤީއަށް ފައްކާވެފައި އޮތް ޤައުމެއްގެ ގޮތުގައި ރަޝިޔާއިން ސިފަ ކުރެއެވެ. އަންނަ ޖޫން މަހުގެ ތެރޭގައި އަފްޣާނިސްތާނާއި ރަޝިޔާއާ ދެމެދު ވިޔާފާރީގެ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަން ވެސް ކަބޫލޮފް ހާމަކުރެއްވިއެވެ. ރަޝިޔާގެ ކަޒަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފޯރަމްގައި މައުދަނުގެ ވިޔަފާރިއާއި ގޭސް ފޯރުކޮށްދޭނެ ހޮޅީގެ ވިއުގައެއް އެޅުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
