
ސްޕެނިޝް ލަލީގާގައި ރޭ ވަޔަޑޮލިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ލިބިފައިވާ 79 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 72 ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތް ވަޔަޑޮލިޑް އަށް ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު ވަނީ ލަލީގާއިން ރެލިގޭޓް ވެފަ އެވެ.
ބާސެލޯނާއިން މި މެޗަށް ނިކުތްއިރު ކޯޗު ހެންސީ ފްލިކް ވަނީ މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ނިކުތް ޓީމަށް ނުވަ ބަދަލެއް ގެނެސްފަ އެވެ. އިންޓަރ މިލާނާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު މި ހަފްތާގައި އިޓަލީގައި ކުޅޭ ދެވަނަ ލެގަށް މުހިންމު ކުޅުންތެރިންނަށް އޭނާ ވަނީ އަރާމު ކުރަން ފުރުސަތު ދީފަ އެވެ. ލަލީގާއިން ރެލިގޭޓް ވެފައިވާ ވަޔަޑޮލިޑް އިން ވަނީ މެޗުގެ ހަވަނަ މިނިޓުގައި ލަނޑެއް ޖަހާ ބާސެލޯނާ އަށް ނުތަނަވަސްކަން ގެނުވާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިވާން ސަންޗޭޒް އެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނިޓުގައި ބާސެލޯނާގެ ޑެނީ ރޮޑްރިގޭޒް އަށް އަނިޔާވުމާއިއެކު ހެންސީ ފްލިކް ވަނީ އޭނާގެ ބަދަލުގައި ލަމީން ޔަމާލް ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލާއިއެކު ބާސެލޯނާގެ ކުޅުން އިތުރަށް ވަނީ ވަރުގަދަ ވެގެންގޮސްފަ އެވެ.
ދެވަނަ ހާފަށް ނިކުތްއިރު ފްލިކް ވަނީ އެ ޓީމަށް އިތުރު ދެ ބަދަލު ގެނެސްފަ އެވެ. އެގޮތުން ޕެޑްރީ އާއި އަންސޫ ފަތީގެ ބަދަލުގައި ފްރެންކީ ޑެޔޮންގް އާއި ރަފީނިއާ އަށް ވަނީ ފުރުސަތު ދީފަ އެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ލަލީގާގައި އޭނާ ޖެހި 16 ވަނަ ލަނޑެވެ. ބާސެލޯނާއަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރު ވެފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ފާރމިން ލޯޕޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ލަލީގާގައި މިއަދު ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން ލީގު ޗެމްޕިއަންކަން ކަށަވަރުވެގެންދާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
