
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެ އެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އާސެނަލް ބަލިވެފައިވާއިރު މިއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މި ހަފްތާގައި ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނައިރު އެޓީމަށް ކުރިމަތިވި ނުތަނަވަސްކަމެކެވެ. މި މެޗަށް ނިކުތް އާސެނަލްގެ ޓީމަށް ކޯޗު މިކޭލް އާޓޭޓާ ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެއީ ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭ މުހިންމު މެޗަށް ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މި މެޗުގެ 34 ވަނަ މިނިޓުގައި އާސެނަލްގެ ޑެކްލަން ރައިސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ އޭނާ އާސެނަލް އަށް ކުޅެދިން 100 ވަނަ މެޗެވެ. ފުރަތަމަ ހާފުގައި އާސެނަލް އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް މޯންމަތުއިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އަދި ދެވަނަ ހާފުގެ ކުޚުން ފެށުނުތާ 22 ވަނަ މިނިޓުގައި ބޯންމަތުގެ ޑީން ހުއިސެން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ސެމެންޔޯ އޭރިޔާ ތެރެއަށް އެއްލި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުން ބޯންމަތު މޮޅުވި ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެވަނިލްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބޯންމަތު މި މެޗުން މޮޅުވެފައިވާއިރު މިއީ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް އަތުން ބޯންމަތު މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުން ބޯންމަތު މޮޅުވުމާއިއެކު އެ ޓީމަށް 35 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ވަނީ ތާވަލުގެ 8 ވަނަ މަގާމް ލިބިފަ އެވެ. އާސެނަލް އަށް ލިބިފައިވާ 67 ޕޮއިންޓާއެކު އަދިވެސް އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
