
(ފޮޓޯ ކްރެޑިޓްސް: ވީއޭއެމް)
ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކުލަބުން ހޯދައިފިއެވެ. ޕޮލިސް ކުލަބުން ފައިނަލުގެ ފަހުޖާގަ ކަށަވަރު ކުރީ މުބާރާތުގެ ސެމީ ފައިނަލުގައި ހުރާ ކޮމިއުނީޓީ ކުލަބާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮއްގެންނެވެ. ޒުވާނުން މަރުކަޒުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓު 25-20 ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. އެހެން ނަމަވެސް ޖެހިގެން އައިސެޓްގައި ޕޮލިސް ކުލަބަކަށް މަ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އޭގެ ފައިދާ ނަގާ ހުރާ ޓީމުން ވަނީ މެޗުގެ ދެވަނަ ސެޓު ބޮޑު ތާފަތަކުން ކާމިޔާބުކޮއްފައެވެ. އެއީ 25-16 އިންނެވެ.
މި ސެޓު ހުރާޓީމުން ކާމިޔާބު ކުރުމާއެކު މެޗު އިތުރަށް ކުރިއަށް ދިޔުމަށް އެޓީމަށް އިތުރަށް ހިއްވަރު އާވެގެންދިޔައެވެ. ތިންވަނަ ސެޓް ވެސް ހުރާ ޓީމުން 25-16 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މެޗު ކާމިޔާބު ކުރުމާގާތައް ޖެހިލިއެވެ. އެހެން ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓު ޕޮލިސް ޓީމުން ހިއްވަރާއެކު ކުޅެ 25-11 އިން ކާމިޔާބުކުރިއެވެ. މިއާ އެކު ކޮންމެ ޓީމަކުން ދެ ސެޓު ގެންދިޔުމާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ޕޮލިސް ޓީމުން 15-13 އިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރިއެވެ.
މިމެޗުން ހުރާ ޓީމު ބަލިވިނަމަވެސް އެޓީމުން ވަނީ ޕޮލިހުގަ ތިބި ތަޖުރިބާކާރު ކުޅުނތެރިންނާ ދެކޮޅަށް މޮޅު ކުޅުމެއްދައްކާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ ބްރެޒިލް ކުޅުންތެރިޔާ ގްރެޒިއެއްލޭ ރިބޭރިއޯ ސުއޯޒާއެވެ. މުބާރާތުގެ ފައިނަލްގައި ޕޮލިސް ކުލަބާ ވާދަކުރާނީ ލީގުބުރުގެ އެއްވަނާގައި ފައިނަލުން ޖާގަހޯދި ވެމްކޯއާއެވެ. މި ދެޓީމަކީ މިއަހަރު ވޮލީ ސީޒަންގައި އެންމެ ވާދަވެރި ޓީމެވެ. ދެ ޓީމު ކުރިމަތިލުންތައް ފޯރިގަދަކޮށް ފެނިގެން ދިޔައިރު މިއަހަރު ފުރަތަމަ ކުޅުނު މުބާރާތް ވީއޭއެމް ކަޕް، ކާމިޔާބު ކުރީ ވެމްކޯއެވެ. ޖެހިގެން އައި ގައުމީ ލީގު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ. ގައުމި ވޮލީ މުބާރާތުގެ މި ދެޓީމު ވަދާކުރާ ފައިނަލު މެޗު ފަށާނީ މިރޭ 20:30 ގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
