
ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ގާނޫނަކުން ކަނޑައަޅައި އަދި އައްޔަން ކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ގޮތަށް ގާނޫނެއް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އަދަދު ރައްުޔިތުންގެ މަޖިލިހާ ވެސް ހިއްސާ ކުރާ ގޮތަށް ގާނޫނުގައި ހިމަނުއްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އޭގެ ބޭނުމަކީ “ޗެކް އެންޑް ބެލެންސް” ނިޒާމެއްގެ ތެރެއިން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުން ގެނައުމެވެ. ސިޔާސީ މަގާމުތައް ގިނަވުމަކީ މިހާރު ވެސް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމެކެވެ. މިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަ ކަން ތަފާސްހިސާބުތަކުން ދައްކާއިރު އެއީ މިހާތަނަށް އެންމެ ގިނަ މީހުން ފާޑުކިޔާ އެއް ކަންތައް ވެސް މެ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގިނަ ދުވަސްތަކަކަށް ފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ އިތުރު އިސްލާހުތައް ވެސް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުން.
2- ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އެ އިންތިހާބުގެ ދެ ވަނަ ބުރު ނުބާއްވާ ގޮތަށް ހެދުން.
3- ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުން.
4- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުން. ނުވަދިހަ ތިނެއް އެއީ މިހާރު ވެސް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އަަދަދު. ރައީސްގެ ބޭނުމަކީ އެ އަދަދު “ފްރީޒްކޮށް” އިތުރު ނުވާނެ ގޮތެއް ހެދުން ކަަމަށް ވިދާޅުވި.
5- އިންތިހާބީ މަގާމުތަކުގައި ތިބޭ އެންމެން ރިކޯލް ވޯޓަކުން ވަކި ކުރެވޭނެ ނިޒާމެއް ހެދުން. ރައީސް މުއިއްޒު ވިދާޅުވީ، އޭގެ ބޭނުމަކީ ރައްޔިތުންނަށް ބާރު ދިނުން ކަމަށް.
6- އަތޮޅު ކައުންސިލްތައް އުވައިލުން. ރައީސް މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލެއް އޮތުމުން އަތޮޅު ކައުންސިލްގެ މަސައްކަތްތައް ނުހިނގާ ކަމަށް. އަދި ބޭކާރު ގިނަ ހަރަދުތަކެއް ވެސް ހިނގާ ކަމަށް ވިދާޅުވި.
ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ރަށު ކައުންސިލެއް އެކަނި އޮތުމުން މާ ރަނގަޅަށް ރަށްރަށުގެ ކަންކަން ހިންގޭނެ އެވެ.
ގާނޫނުއަސާސީ އަށް ގެންނަން ނިންމާފައިވާ އެ މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ އިރެއް ރައީސް މިއަދު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ، މި އަހަރު 30 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
