
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މިހާރަކު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހަދާފައިވާ ބައިލެޓްރަލް އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ރައޔިތުންނަށް ހާމަކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި ވައުދުފުޅާ އެއްގޮތަށް އެ ކަންތައް ހާމަކުރައްވާނެ ކަމަށެވެ. އަދި އެއްބަސްވުންތަކުގައި ރައްޔިތުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް މިހާރު ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“ބައިލެޓްރަލް މަޝްވަރާތައް އެކަމުގައި ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެންނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން އެ ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އެ އެއްބަސްވުންތައް ހާމަކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ އެއްބަސްވުންތަކުގައި “ކޮންފިޑެންޝަލް ކްލޯސް” އޮތުމެވެ. އެހެންކަމުން، އެ އެއްބަސްވުންތްވުންތައް ވެފައިވާ ގައުމުތަކުގެ ހުއްދަ ނެތި ހާމަކުރުމަކީ ދަތިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެ ގައުމުތަކާއެކު ބައިލެޓަރަލް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް ޓަކައި އެ މަޝްވަރާތަކުގެ ތެރެއިން އެ އެއްބަސްވުންތައް ހާމަކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރައްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އޭރު އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގައި އިންޑިއާއާއެކު ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“އެއީ ކިތަންމެ ބޮޑު ޤައުމެއް ކަމަށް ވިޔަސް، ކިތަންމެ ކައިރި ޤައުމެއް ކަމުގައި ވިޔަސް، އަދި އެ ޤައުމަކުން އަޅުގަނޑުމެންނަށް ކިތަންމެ އެހީއެއް އެހެން ކަންކަމުގައި ދޭ ޤައުމެއް ވިޔަސް އަޅުގަނޑުމެންނަކަށް މުހިންމެއް ނުވާނެ އަޅުގަނޑުމެންގެ މިނިވަންކަމަށް ސުވާލެއް އުފެދޭނަމަ،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ގައުމެއް ވިޔަސް، ރާއްޖެއަށް ކިތަންމެ އެހީވާ ގައުމަކަށް ވިޔަސް، ރާއްޖެއަކީ މިނިވަން ގައުމަކަށް ވާތީ އެއްވެސް ގައުމަކުން ރާއްޖެއަށް ބާރު ފޯރުވުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ދިވެހި އަސަކަރިއްޔާ ތަމްރީނުކުރުމުގެ ގޮތުން ބޭރު ޤައުމަކުން އެހީވާން ބޭނުންވާނަމަ އެކަމަށް މަރުޙަބާ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ އަސްކަރީ ނުފޫޒު ހިންގުމަށް ނުވަތަ އަސްކަރީން ޤާއިމުވެ ތިބުމަށް އެއްބަސްނުވާނެ ކަމަށް ރައީސް ސާފުކޮށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
