
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އިންތިހާބީ މަގާމުތަކަށް ހޮވާ ފަރާތްތައް “ރިކޯލް” ވޯޓަކުން މަގާމުން ވަކި ކުރެވޭނެ ގޮތް ހެދުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދާއި ހަމައަށް އައިރު 43 ބިލެއް ސަރުކާރުން އެކުލަވާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 40 ބިލް އޮތީ މަޖިލީހުގައި ކަމަށާއި 31 ބިލް ވަނީ ފާސްކޮށްފައިި ކަމަށެވެ.
މި އަހަރުގެ ތެރޭގައި އިތުރު 30 ބިލެއް މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. “ގާނޫނުއަސާސީއަށް ގެނައުމަށް ވިސްނާފައިވާ އިސްލާހުތަކުގެ ތެރޭގައި ރިކޯލް ވޯޓެއް ނަގައި ވަކިކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭ ނިޒާމެއް ތައާރަފްކުރުން ހިމެނޭ. މީގައި ހުރިހާ އިންތިހާބީ މަގާމުތަކެއް ހިމެނޭނެ. ކައުންސިލަރުން އެމްޕީ އަދި ހުރިހާ އިންތިހާބީ މަގާމުތަކުގައި ތިބި މީހުން. އެ މީހުން އިންތިހާބުކުރި ދާއިރާއަށް ގޮސް ނަގާނީ ރިކޯލް ވޯޓެއް. އެހާ ހިސާބަށް ދާން ޖެހިއްޖިއްޔާ. ރިކޯލް ވޯޓެއް ނަގައި އޭގެން ފާސްވީ އިތުބާރެއް ނެތް ކަމަށް، އޭރުން ގޮޑި ގެއްލޭނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ގާނޫނު އަސާސީގައި އޮތް ގޮތުން ކައުންސިލަރުން އަދި މަޖިލިސް މެމްބަރުން މަގާމުން ވަކިކުރެވޭ ގޮތެއް ނޯންނަ ކަމަށެވެ. ނަމަވެސް ރިކޯލް ވޯޓަކުން އެ ފަރާތްތައް އިންތިހާބުކުރި ދާއިރާގެ ރައްޔިތުން ވަކިކުރަން ފާސްކޮށްފިނަމަ މަގާމު ގެއްލޭނެ ކަމަށް ވިދާޅުވިއެވެ. މިއީ ރައްޔިތުން ބާރުވެރިކުރުމަށް މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައުމަށް ވިސްނާފައިވާ އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމާއި ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އިންތިހާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ގާނޫނަށް ބަދަލު ގެނައުމާއި ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެމްބަރު ކަމަށް ހެދުމަށް ގެންނަން ޖެހޭ ބަދަލު ގެނައުން ހިމެނޭ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން އިތުރުނުވާ ގޮތަށް ހެދުން ވެސް ހިމެނޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
