
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަމަށް ނުފޫޒު ނުފޯރުވާ ކަމަށާއި، މިއީ ޑިމޮކްރެޓިކް ވެރިކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާ ފާހަގަކުރީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައި އޮތުމާއި، އެ ކޯޓަށް ދުސްތޫރީ މައްސަލަތައް ނުބެލޭ ހާލަތުގައި އޮތްތާ 60 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމެވެ. އަދި އެ ހާލަތު ރަނގަޅުކުރުމުގެ ބާރު ރައީސްގެ އަތްޕުޅުގައި އޮތް ކަމަަށް ބުންޏެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރައީސްކަމުގެ ހުވާކުރެއްވި ދުވަހު ވެސް ޖުޑީޝަރިއަށް އަތް ނުބާނާނެ ކަމަށާއި މިނިވަންކަމާއެކު ޖުޑީޝަރީ ހިންގަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެގޮތަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށާއި ފަހުން ވެސް އަތް ނުބާނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. “އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކޯޓެއްގައި ޖުޑީޝަރީގައި ކަމެއް ހިނގާ ގޮތް، ހިންގާނެ ގޮތް، ވަކި ގޮތަކަށް ހިންގަން، ނިންމުން. އެއީ އަޅުގަނޑު ކުރާނެ ވެސް ކަމެއް ނޫން. ޖޭއެސްސީއަކީ އަޅުގަނޑު ކޮންޓްރޯލްކުރާ ތަނެއް ނޫން. ޖުޑީޝަރީއަކީ އަޅުގަނޑުގެ ކޮންޓްރޯލް ހިންގާނެ ވެސް ތަނެއް ނޫން. އެހެންވީމާ ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަން ޖުޑީޝަރީން ޖަވާބު ދެއްވާނީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖުޑީޝަރީގެ ތެރޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން ޖަވާބުދާރީވާން ޖެހޭނީ ޖުޑީޝަރީންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޖުޑީޝަރީގެ އެއްވެސް ކަމެއް އެގޮތަކަށް ނުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިއީ ޑިމޮކްރެޓިކް ވެރިކަމެއްކަމަށާއި، ސަރުކާރުން ކަންކަން ކުރަމުންދަނީ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިންކަމަށެވެ.
“އާދެ، ހަމަ ޔަޤީނުން ވެސް ޑިމޮކްރެޓިކް ވެރިކަމެއް. އެއީ ރައްޔިތުންގެ ވޯޓަކުން އިލެކްޝަނުގެ ހުރިހާ މަޤާމުތަކަށް މީހުން ނަގަނީ ވެސް، ހަމަ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ފުރިހަމަ ބާރު މިއޮންނަނީ ރައްޔިތުންނަށް އަދި މުވައްސަސާތަކަށް ވެސް މިއޮންނަނީ. ޤާނޫނުއަސާސީން ކަނޑައެޅިފައި އޮންނަ ބާރުގެ ތެރެއިން ފުރިހަމަ މިނިވަންކަން އެބައޮތް އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް. އެއަކަށް އެއްވެސް ހުރަހެއް އަޅުގަނޑު ނާޅުއްވާނަން. މިހާތަނަށް ވެސް ނާޅަން ކުރިޔަށް އޮތްތާގައި ވެސް ނާޅާނަން،” ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ޖުޑީޝަރީގެ މިނިވަންކަމަށް އިޙްތިރާމްކުރައްވާކަމާއި، ވަކިވަކި ބާރުތަކުގެ މިނިވަންކަން ދެމެހެއްޓުމަށް އަޒުމް ކަނޑައަޅުއްވާފައިކަމަށް ވިދާޅުވިއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަދިވެސް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
