
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގައި ފަހަކަށް އައިސް ދިމާވެފައިވާ ބޭސް ލިބުމުގެ ދަތިވުމުގެ މައްސަލަ ދިމާވީ ވިޔަފާރިވެރިން ގަސްތުގައި ބޭސް އެތެރެކުރުން ހުއްޓާލުމުން ކަމަށާއި އެ މައްސަލަ މިހާރު ހައްލުވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ މަދު ބޭހެއް ފިޔަވައި ހުރިހާ ބޭހެއް މިހާރު ލިބޭނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ބޭސް ދަތިވެގެން ދިޔައީ ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، ބައެއް ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލުމުންނެވެ.
“ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،” ރައީސް ވިދާޅުވިއެވެ.
ނަމަވެސް، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ އިތުރުން އެހެން ހުރިހާ ބޭހެއް ގެނެސް، އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީށް އޮފީސް)
މީގެ އިތުރުން، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި، ބާކީ ހުރި 308 ބޭހަށް އޯޑަރު ދީފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށްވެސް ފާހަގަކުރެއްވިއެވެ. ބޭސް ގެނައުމަށް އިތުރަށް ބާރުއެޅުމުގެ ގޮތުން، އަގު ކެޕް ކުރި ބައެއް ބޭސްތަކުން 15 ޕަސެންޓު އިތުރުކޮށްދީ، 77 ބޭހަކުން ބޭސް ގެންނަން ވިޔަފާރިވެރިންނަށް ލުއިދީފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން، އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރާނެ ނިޒާމެއް ގާއިމުކުރުމާއި، ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުން ހިމެނެއެވެ. އަދި އެސްޓީއޯއިން ލިބެންހުރި ބޭސްތައސްތައް ޑޮކްޓަރުންނަށް ފެންނާނެ ޑޭޝްބޯޑެއް ތައްޔާރުކުރުމާއި، މި ބަދަލުތަކަށް ޑޮކްޓަރުން އަހުލުވެރިކުރުވުން ހިމެނެއެވެ.
މީގެ އިތުރުން، އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އެސްޓީއޯއަށް ދިނުމަށްވެސް ނިންމާފައިވެއެވެ. އަދި އެސްޓީއޯއިން ސީދާ ބޭސް އުފައްދާ ފަރާތްތަކުން ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ލިބުން ފަސޭހަކުރުމަށްޓަކައި، މާލޭގައި ގާއިމުކުރާ 4 ޖީޕީ ކްލިނިކުންނާއި ހުރިހާ ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލުތަކުން އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯއިން ފޯރުކޮށްދޭނެ އިންތިޒާމުވެސް ހަމަޖައްސާނެއެވެ. ބޭސް އެތެރެކުރުމުގައި ޚާރިޖީ ވުޒާރާގެ ދައުރު ފުޅާކުރުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރުމަށް ސިއްހީ ވުޒާރާގެ މަސައްކަތް އަވަސްކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމާއި، އެތެރެކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ޑިޖިޓަލް ސިސްޓަމެއް އެމްއެފްޑީއޭގައި ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި ނިޒާމުގެ ދަށުން، ބޭސް ލިޔެދޭ ވަގުތުން ފެށިގެން އެ ބޭސް ލިބެން ހުރި ތަނާއި، އަގު ފަދަ މަޢުލޫމާތު ބަލިމީހުންނަށް ފަސޭހައިން ލިބޭނެއެވެ. މީގެ އިތުރުން، ރަށްރަށުގައި ލިބެން ނުހުންނަ ބޭސްތައް ވެސް އެސްޓީއޯ މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
