
(ފޮޓޯ ކްރެޑިޓްްސް: ފެނަކަ)
ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ އަދި ފުވައްމުލަކު ސިޓީގައި މިއަހަރު ތެރޭގައި ގާއިމްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑު މަޝްރޫއުއެއް ރޭވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ވަރަށް ކަރަންޓް ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ކުރިޔަށް އޮތް 10 އަހަރު ދުވަހަށްވާ ވަރުގެ ކެޕޭސިޓީ، އައްޑޫސިޓީ އަދި ފުވައްމުލަކުގައި ގާއިމުކުރުމަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ ގާއިމުކުރުމަށް މިހާރު ވަނީ ނިންމާފައި. އިރާދަކުރެއްވިއްޔާ މި މަޝްރޫއު ކުރިޔަށް އޮތް ހަ މަސްދުވަސްތެރޭ އަޅުގަނޑުމެން ނިންމާނަން.” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އައްޑޫ އާއި ފުވައްމުލަކުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރެވޭނީ ދަތިކަމެއް ނެތި ކަރަންޓް އުފެއްދޭ މިންވަރަށެވެ. އަދި މި މަޝްރޫޢު ރޭވިފައިވަނީ ދެ ސިޓީގައި ޓޫރިޒަމް ފުޅާވަމުން އަންނަ މިންވަރަށް ވެސް ރިއާޔަތްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މިދިޔަ އަހަރުގެ އޭޕްރިލް 18 ގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ 32 މެގަވޮޓްގެ ޕަވަ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ. މި މަޝްރޫއުއަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫޢުއެކެވެ.
ފެނަކައިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭސްގައި އިންސްޓޯލްކުރާނީ 9.8 މެގަވޮޓްގެ ދެ ޖެނެރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ދެ ޖެނެރޭޓަރު ސެޓެވެ. އަދި މި ޕަވާ ޕްލާންޓް ތަރައްގީ ކުރެވޭނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. ފެނަކައިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެއެވެ. އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގުޅިފައިވާ ހަތަރު އަވަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދި، ލޯޑު ބޮޑުވެ، ދޭތެރެ ދޭތެރެޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައެވެ.
“އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް މި ޚިދުމަތް ފޯރުކޮށްދޭން. އެހެންވީމާ، މި މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ދެ ސިޓީގެ އިޤްތިޞާދީ ތަރައްޤީއަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
