
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބިން ހިއްކުމުގެ ބަދަލުގައި ބިން ދިނުމަށް ކުރިން ހަދާފައިވާ އެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުތަކުގައި ބިން ހިއްކި އެއްވެސް ބައެއްގެ އަތުގައި އެމީހުންނަށް ކުރީ ސަރުކާރަކުން ދީފައި އޮތް ބިމެއް މިހާރު ނޯންނާނެ ކަމަށެވެ. “ބިންހިއްކުމުގެ ބަދަލުގައި ދިން ބިމެއް މިހާރު ނޯންނާނެ. ހުރިހާ ބިންތައް ކެންސަލް ކޮށްފިން. ހުރިހާ ބިމެއް އެހެރީ ސަރުކާރަށް ނަގާފައި. މިހާރު ނޯންނާނެ ބޭރު ކުންފުންޏަކުން ރާއްޖޭގައި ބިން ހިއްކުމުން އޭގެ ބަދަލުގައި ދީފައި އޮތް ބިމެއް. އެ ބިންތައް އަތުލައިފިން.” ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ހިއްކަމުންދާ ބިން ޖުލައި މަހުގެ ނިޔަަލަށް ނިންމާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައި ކަމަށާއި އޭރުން އެތަނުން ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރި ފަރާތްތަކަށް ހަވާލުކުރެވިގެންދާނެ ކަމަށެވެ. “ގުޅީފަޅުގައި އެންމެ ފުންތަން ނުހިއްކާ އޮތް ނަމަވެސް ގުޅީފަޅު ޕްލޭން ބަދަލުކޮށް ނިންމައިފިން. އެއްގަމުން ވަނީ ގޯތިތައް ދިނުމަށް ހަމަޖެހިފައި. އެގޮތުން ބިން ކަނޑާފައި ގޯތިތައް ވަކިކޮށްފައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތިތައް ހަވާލުކުރި ގޮތަށް ފިޒިކަލީ ހަވާލުކުރަމުންދާން ފަށާނަން. ބިރިޖް ސައިޓް ހިމެނޭ ސަރަހައްދު މަޑުކޮށްލަންޖެހޭނީ. ފުންތަން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ތާވަލް ކުރާނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ އެގްރީމެންޓް ބާތިލްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ. އެ އެއްބަސްވުން ކޮށްފައި އޮތް ގޮތުން ވަރަށް ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭ ކަމަށް ވިދާޅުވިއެވެ. ވަރަށް ގިނަ ބިންތަކެއް އެއާ ގުޅުވައިގެން ދޫކޮށްލާފައިވާ ކަމަށާއި އެއީ ވަރަށް ކޮންޕްލެކްސް އެއްބަސްވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ ދައުލަތަށް ފައިދާއެއް ނެތް ގެއްލުން ހުރި އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުން ބާތިލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް ސަރުކާރުގެ ފަރާތުން ގިރާވަރު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
