
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިވެހި އަސްކަރިއްޔާގެ ހާލަތު އޮތީ ލަދުގަންނަންޖެހޭ ހިސާބުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ފާއިތުވި 20 އަހަރު ވަންދެން ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށްފައިނުވާ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި އެހެނިހެން ވަސީލަތްތައް ހޯދައިދެމުން އަންނަނީ ހަނގުރާމައެއް ކުރުމަށް ނޫން ކަމަށެވެ. އެހެނަސް، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
“ފަޚުރުވެރި މިނިވަން ޤައުމެއްވީމަ ދިފާޢީ ބާރުގައި ޤާބިލުކަން ބާރުވެރިކަން ހުންނަންޖެހޭނެ. ގާތްގަނޑަކަށް 25 އަހަރުވީ އެ އުޅަނދުތަކަށް އަޅާނުލައި އޮންނަތާ. ޓޭންކަރުތައް ހޯދީ ހަނގުރާމައަށް ކުރާކަށް ނޫން. ކުރިން ހުރި އެއްޗެހި ނުވެސް ދުވަނީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިން ހުރި ޓޭންކަރުތައް މިހާރު ރަނގަޅަށް ނުދުވާ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ނަމުގައި ހުރީ ކުދިކުދި ލޯންޗުތައް ކަމަށް ވިދާޅުވެ، އެ ސަބަބަށް ޓަކައި ކޯސްޓްގާޑުގެ ބާރު ދެގުނަ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ދައުލަތުން އިންވެސްޓު ކުރަނީ އެހެން ކަންތައްތައް ނުވަތަ އެހެން މަޝްރޫއުތައް ހުއްޓާލާފައެއް ނޫނެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަކީ ބޮޑު ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑު ވަރުގަދަކުރުން މުހިންމު ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންވެސްޓު ކުރާ މީހުންގެ އިތުބާރާއި ޔަޤީންކަން ލިބެން އޮތީ އެ ބޮޑު ސަރަހައްދު ހިމާޔަތްކޮށް ރަނގަޅަށް ބަލަހައްޓައިގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.މދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށްދިނުމަށް، ވަސީލަތްތަކާއި މީހުން ތަމްރީނުކުރުމުގެ ގޮތުން ބޭރު ޤައުމަކުން އެހީވާން ބޭނުންވާނަމަ އެކަމަށް މަރުޙަބާ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ އަސްކަރީ ނުފޫޒު ހިންގުމަށް ނުވަތަ އަސްކަރީން ޤާއިމުވެ ތިބުމަށް އެއްބަސްނުވާނެ ކަމަށް ރައީސް ސާފުކޮށް ވިދާޅުވިއެވެ.
“އެއީ ކިތަންމެ ބޮޑު ޤައުމެއް ކަމަށް ވިޔަސް، ކިތަންމެ ކައިރި ޤައުމެއް ކަމުގައި ވިޔަސް، އަދި އެ ޤައުމަކުން އަޅުގަނޑުމެންނަށް ކިތަންމެ އެހީއެއް އެހެން ކަންކަމުގައި ދޭ ޤައުމެއް ވިޔަސް އަޅުގަނޑުމެންނަކަށް މުހިންމެއް ނުވާނެ އަޅުގަނޑުމެންގެ މިނިވަންކަމަށް ސުވާލެއް އުފެދޭނަމަ،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ޚިދުމަތް ވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މި ޚިދުމަތުގެ ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
