
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް 121 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ރިޒާވަށް ބަލާއިރު މާޗް މަހާއި ހަމައަށް ދަނީ “ރަނގަޅު ޓްރެންޑަކަށް” ކަމަށެވެ. ރައީސް ވަނީ ސަރުކާރުގެ ފައިނޭންސްގެ އެކި ދާއިރާތަކުގެ ތަފްސީލް ވެސް ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެސްޑީއެފް ފަށްޑަށް ބަލާއިރު މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އެ ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި މިހާރު ވަނީ އެ ފަންޑަށް 121 މިލިއަން ޑޮލަރަށް އިތުރުކޮށްފައި ކަމަށެވެ.
އެހެންކަމުން ބޭރުގެ ފައިސާ ދައްކަމުން، އެސްޑީއެފް ފަންޑަށް ފައިސާ ޖަމާކުރަމުން، ސަރުކާރުގެ ހަރަދުތައް ކުރަމުން މުޅި އިގްތިސާދުގެ ކަންކަން ރާވަމުނ ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ. އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާއިންނެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ލޯނު އަނބުރާ ދެކުމަށް މި އަހަރުގެ މިހާތަނަށް ވަނީ 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށާއި އެ ފައިސާ ހަރަދުކޮށްފައިވަނީ ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުމަށް ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކަން ޖެހުނު ލޯނެއް ވެސް ހިމެނޭ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.
“ސަރުކާރުގެ އެބަހުރި އެކި މަހުންމަހަށް ވާސިލްވާންޖެހޭ އަމާޒުތަކެއް. މި އަަހަރު ދަރަނި 9.4 ބިލިއަނަށް ކުޑަކުރަން ބޭނުންވާ ވާހަކަ ވެސް ބުނެފައި އޮންނާނީ. ބޭރުގެ ދަރަނި ވެސް ދައްކަން އެބަހުރި. މި ހުރިހާ ކަމެއް މެނޭޖްކުރުމަށް ޓަކައި މި އަހަރު މި ހިސާބަށް މި ވަރުގެ ޕްރައިމެރީ ބެލެންސްއެއް ބެހެއްޓުމަށް ޕްލޭންކޮށްފައިވަނީ. އެއްގޮތަކަށް ވެސް ކަންކަމަށް ހަރަދުނުކޮށް ސޭވްކުރަނީއެއްނޫން.” ރައީސް ވިދާޅުވިއެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ 24 އާއި ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ ހަރަދަކީ 10.5 ބިލިއަން ރުފިޔާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ބަޖެޓް އަރަނިވެފައިވަނީ 1.9 ބިލިއަން ރުފިޔާއިން ކަމަށާއި ޕްރައިމެރީ ބެލެންސަކީ 3.5 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހަރަދުތައް ބަލަހައްޓަމުން ދަނީ ވަކި ތަރުތީބަކުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
