
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މި އަހަރާއި އަންނަ އަހަރު ޖުމްލަ 2130 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އާއި އިންތިހާބުވެވަޑައިގަތުމަށް ފަހުގައި ވެސް ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމެވެ. އަދި ރިޔާސީ ވައުދުތައް ރައްޔިތުންނަށް ފެންނާނެހެން ފޮތެއްގައި ވެސް ލިޔެފައިވާކަން ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ހުރިހާ މަސައްކަތް ގުޅިފައިވަނީ ވައުދު ފުއްދުމަށް، ނަތީޖާ ނެރުމަށް. މި ސަރުކާރަކީ ނަތީޖާ ނެރުމަށް އެކަނި ފޯކަސްކުރާ ސަރުކާރެއް. އަޅުގަނޑުމެންގެ ހުރިހާ ޝައުގެއް ހުރީ ނަތީޖާ ނެރުމަށް. އެހެންވީމަ 2129 ވައިދު ފުއްދުމުގައި މުޅި ސަރުކާރު މަސައްކަތް ކުރަނީ. މުޅި ސަރުކާރުގެ ކޮންމެ މީހެއް ޒިންމާއަކީ ވެސް އެއީ.” ރައީސް ވިދާޅުވިއެވެ. ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެ މީހަކު އައްޔަންކޮށްފައިވަނީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާތީ ކަމަށާއި ބޭރާކުކޮށް އައްޔަންކުރި މީހަކު، މިނިސްޓަރަކު، އަދި އެހެން މަގާމެއްގައި ހުރި ބޭފުޅެއް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ކޮންމެ ބޭފުޅަކު ވެސް އައްޔަން ކޮށްފައިވަނީ 2129 ވައުދު ފުއްދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
“މި މަސައްކަތް ކުރުމަށް، ވައުދުތައް ފުއްދުމަށް މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 2130 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވާނީ ނިންމާފައި.” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ބައެއް ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫތައް:
- ކުޅިވަރު – 551 މަޝްރޫއު
- ބިން ހިއްކުން – 42 މަޝްރޫއު
- ބޯހިޔާވެހިކަން – 37 މަޝްރޫއު
- ކުނީގެ ނިޒާމް – 153 މަޝްރޫއު
- ސިއްހަރު – 131 މަޝްރޫއު
- ބޭންކިން – 136 މަޝްރޫއު
- މިސްކިތް – 50 މަޝްރޫއު
- މަތީ ތައުލީމް – 23 މަޝްރޫއު
- މަސްވެރިނަކް – 30 މަޝްރޫއު
- އެއާޕޯޓް – 27 މަޝްރޫއު
ރައީސް ވިދާޅުވީ އެކިއެކި ދާއިރާތަކުން އެކި މަޝްރޫތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށާއި އެ މަސައްކަތްތައް ކުރުމަށް ބަޖެޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓްރީތަކުންނާއި ކުންފުނިތަކުން މަޝްރޫއުތަކުގެ އަދާހަމަ ބެލޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާނީ އެ ރޭވުންތަކާ އެއްގޮތަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
