
އުސް އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ މާލެތެރޭ ފެށި މުޒާހަރާ މިހާރު ސިޔާސީވެ، އޭގެ އަސްލު މަޤްޞަދު ގެއްލި، އާންމުންގެ ތާއީދު ނެތިގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު މިހެން ވިދާޅުވެފައިވަނީ ރޭ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މުޒާހަރާގެ މިސްރާބު ބަދަލުވެ، އޭގެ އަސްލު މަޤްޞަދު ގެއްލި، ޒިންމާދާރުކަން ކުޑަ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ނުފޫޒުގެ ދަށަށް މުޒާހަރާ ވަނީ ގޮސްފައި ކަމަށެވެ.
“އަޅުގަނޑު މި ހަރަކާތަށް ދިން ތާއީދު އަނބުރާ ގެންދަން. އަޅުގަނޑަށް މިހާރު ނުފެނޭ، މި ޤައުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި، މި ޒުވާނުން އަޑު އުފުލާތަން، އޭގެ ބަދަލުގައި، އަޅުގަނޑަށް މިހާރު ފެންނަނީ، އެބޭފުޅުންގެ އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއަށް ގެންދިޔުމަށް ޓަކައި، ސިޔާސީ ޕާޓީތަކުން ތާއީދުކުރާ ޙަރަކާތެއް.” ނިޒާރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނިޒާރުގެ މިހެން ވިދާޅުވީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ކުރެއްވި ޕޯސްޓެއް ރީޕޯސްޓު ކުރައްވަމުންނެވެ. އޭރު އޭނާ ވަނީ ޒުވާނުންގެ މުޒާހަރާއަށް ތާއީދުކުރައްވައި، ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަޙްޤީޤު ދެފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، ކުށްވެރިވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ. އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ވަނީ ޒުވާނުންގެ މުޒާހަރާގައި ބައިވެރިވާން ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ނިޒާރު ވިދާޅުވީ، މިހާރު މި މުޒާހަރާތަކަކީ ސިޔާސީ ޕާޓީތަކެއްގެ އެޖެންޑާއެއްގެ ދަށުން ހިންގާ ސިޔާސީ ހަރަކާތްތަކަކަށް ބަދަލުވެފައިވާ ކަމަށެވެ. މުޒާހަރާތަކާ ގުޅިގެން ފުލުހުން ވަނީ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ބުނެފައިވަނީ، ޤާނޫނާ ޚިލާފަށް ހިންގާ ހުރިހާ ޙަރަކާތެއް ހުއްޓުވާނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނިޒާރުގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ޒުވާނުން މިހާރު ކުރަމުންދާ މުޒާހަރާތައް ސިޔާސީވެއްޖެ ކަމަށް ވިދާޅުވެ، ފާޑުވިދާޅުވެފައެވެ. ފަލާހު ވިދާޅުވި ގޮތުގައި ފާއިތުވި ރޭތަކުގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުން ވަނީ އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފު އެތައް ޢަމަލުތަކެއް ހިންގާފައެވެ. މީގެ ތެރޭގައި މަޖީދީމަގުގެ މެދުގައި، އާންމު ރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއެޅުމާއި، އާންމު ވިޔަފާރިތަކަށް ގެއްލުންދިނުމާއި، އާންމު ދިރިއުޅުމާއި ކިޔަވާ ކުދިންގެ ހައްޤުތަކަށް އަރައިގަތުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުޒާހަރާގައި އާންމު އިޖްތިމާޢީ މިންގަނޑުތަކާ ހިލާފުވެ ފުލުހުންގެ ޤާނޫނީ މަސައްކަތަށް ހުރަސް އެޅި ދެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިއުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓާގްރާމް އެކައުންޓުން އެކަމާ އުފާފާޅު ކުރިކަމަށް ބުނެ ފަތުރަމުންމުންދަނީ ފާޅުކަން ބޮޑު ދޮގެކެވެ. ޔުމްނު ވެއްޓުނު މައްސަލަ ތަހުޤީގުކުރުމަށް ސަރުކާރުން ވަނީ ވަކި ކޮމިޝަނެއް އެކުލަވާލާފައެވެ. އަދި އެ މައްސަލަ ވަރަށް ބާރު ސްޕީޑެއްގައި ތަހުޤީގުކޮށް ނިންމާނެ ކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
