
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ)
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންވިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، އަދާލަތު ޕާޓީއަށް ވަނުމަށް މެމްބަރުކަމުގެ ފޯމު އެޕާޓީއަށް ހުށައަޅުއްވާފައިވާކަމަށެވެ. ވަޒީރު ޑރ. ޝަހީމަކީ އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި ވަޒީރު ވަނީ 12 އަހަރު މެމްބަރެއްގެ ގޮތުގައި އެޕާޓީގައި ހަރަކާތްތެރިވެފައެވެ.
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުގެ މަޤާމު ފުރުއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވިކަން ޢިއުލާންކުރައްވާ މިދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ކުރެއްވި، ޕޯސްޓުގައި ވަޒީރުވަނީ މިއަހަރު ފަހުކޮޅު ބާއްވާ އަދާލަތު ޕާޓީގެ ރައީސްގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. ވަޒީރު އެޕާޓީއާއި ގުޅިވަޑައިގަތުމުން ޕާޓީގައި ތިއްބެތި ޢިލްމުވެރިންގެ ގިނަ ބޭފުޅުންވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދާލަތު ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ޕާޓީއެއް ނަމަވެސް ފަހަކަށް އައިސް އެޕާޓީގެ އަޑުވަނީ ސިޔާސީގޮތުން ފަނޑުވެފައެވެ.
އަދާލަތު ޕާޓީއަކީ 2005 ވަނަ އަހަރު ރަޖިސްޓްރީކޮށް ހަރަކާތްތެރިވާން ފެށި ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރު ދައްކާގޮތުން އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 9000 އަށްވުރެ މައްޗަށް އަރައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
