
ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަރގްރާމް ޕޯސްޓެއްކަމަށްބުނެ ދައުރުކުރަމުންދަނީ ފޭކް ސްކްރީން ޝޮޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ. މާލޭގައި މިދުވަސްވަރު ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި ފަރާތަކާ ގުޅުވައިގެން ރައީސްގެ ދަރިކަނބަލުން ކުރި ޕޯސްޓެއްކަމަށްބުނެ މިއަދު ސޯޝަލް މީޑިއާގައި ދަނީ ސްކްރީން ޝޮޓްތަކއް ދައުރުކުރަމުންނެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ރޭގެ މުޒާހަރާގައި މީހަކު ހައްޔަރުކުރުމާ ގުޅޭ ގޮތުން ޔާސްމީން މުޙައްމަދު މުއިއްޒުގެ އިންސްޓަގްރާމުން ކަމަށް ބުނެ ދައުރަމުން ގެންދަނީ ފޭކް ސްކްރީންޝޮޓެއްކަމަށެވެ. އެހެންކަމުން ހަޤީގަތާ ޚިލާފަށް ރައީސްގެ ދަރިކަނބަލުންނާ ގުޅުވައިގެން ހަޤީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އާއިލާއިން އެދޭކަމަށްވެސް އާޒިމާގެ ޕޯސްޓްގައި ވިދާޅުވިއެވެ.
The circulating screenshot, purporting to be from Yasmine Mohamed Muizzu’s Instagram regarding a protestor’s arrest last night, is fake. The Family requests those involved to stop spreading false information and misleading the public.
— AzimaShakoor (@aminadhis) May 2, 2025
ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަރގްރާމް ޕޯސްޓެއްކަމަށްބުނެ ފޭކު ސްކްރީން ސްކްރީން ޝޮޓެއް ދައުރުކުރަމުންދާއިރު، މާލޭގެ މަޖީދީ މަގުގައި މިފަހަކަށް އައިސް ކުރިއަށްގެންދާ މުޒާހަރާ ރޭ ރޫޅާލައި، ދެ ޒުވާނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން މިއަދު ވަނީ އެ މީހުން ހައްޔަރު ކުރި ސަބަބުތަކާއި ކުރެވޭ ތުހުމަތުތައް ހާމަކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މާލޭގެ މަޖީދީމަގުގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ރޭ އިންޒާރު ދިނުމަށްފަހު ރޫޅާލާފަވަނީ، ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ރިއާޔަތްކުރުމަށްފަހުކަމަށެވެ،
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
