
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި މަސްކަނޑުތަކުގައި ދިިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބަފައިންގެ ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމެވެ. ރައީސް ވަނީ މަސްވެރިކަމުގެ ޞިނާޢަތް ނެގެހެެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް.
މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން! pic.twitter.com/2wfff1xXsG— Dr Mohamed Muizzu (@MMuizzu) May 2, 2025
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 2 ވަނަ ދުވަހަކީ ވޯލްޑް ޓޫނާ ޑޭ، ނުވަތަ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުގެ މަހުގެ ސްޓޮކް ބަލަހައްޓާއި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ބާރު އެޅުމުގެގޮތުންނެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ސާފު، ރީތި އަދި ކަނޑުގެ ދިރުންތަކާއި ރައްޓެހި މަސްވެރިކަމެއް ކުރަމުންދަނީ ދިވެހިރާއްޖޭގައެވެ. ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަށް ބަލާއިރު، މިފަދަ މަސްވެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި މިއަދު އޮތީވެސް ދިވެހިރާއްޖޭގައެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް ނެތް އިރު، މިކަމުގެ ފައިދާ ނަގަމުން އަންނަނީ ވާދަވެރި އެހެން ޤައުމުތަކުންނެވެ.
ކަން މިހެން އޮތް ނަމަވެސް، ދިވެހީން އެ މަސައްކަތަކަށްޓަކައި ފަޚްރުވެރިވާ މަސްވެރިކަމުގެ ސިނާޢަތް ނެގެހެއްޓެވުމަށްޓަކައި އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި ސަރުކާރުގެ މިހިނގާ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، ދިވެހިރާއްޖޭގައި އެއްފަހަރާ 25000 ޓަނުގެ މަސް ރައްކާކުރެވޭނެ ޤާބިލުކަން އިތުރުކުރެވިގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. ބައެއް މަސައްކަތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.
ހަމަމިއާއެކު، މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، އިތުރަށް ފުޅާކުރުމުގެ ގޮތުން ފަރުމަސްވެރިކަމާއި ސްޕޯޓްސް ފިޝިންގް ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން އެސް.އެމް.އީ ޑިވަލޮޕްމަންޓް ފައިނޭންސިންގް ކޯޕަރޭޝަނާ ގުޅިގެން ޚާއްޞަ ލޯން ޕްރޮގްރާމެއް މިދިޔަ އަހަރު ވަނީ ކުރިއަށް ގެންދަވާފައެވެ. 30 މިލިއަން ރުފިޔާގެ މި ޕްރޮގްރާމްގައި މިހާހިސާބަށް، 62 ފަރާތެއް ކަނޑައަޅުއްވައި، ލޯނު ދޫކުރުމަށް ވަނީ ފައްޓަވާފައެވެ. މަސްވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ ބޭނުން ހިފޭނެމަގު ތަނަވަސްކޮށްދެއްވުމަށްވެސް އަދުގެ ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މަސްވެރިކަމުގެ ދާއިރާ، ސިނާޢަތެއްގެ ގޮތުގައި ކުރިއަރުވައި، މި ސިނާޢަތަށް ބޭނުންވާ މީހުން ބިނާކުރުމަށް ޢިލްމީ ރޮނގުންވެސް ހަރުދަނާ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހަކީ މަސްވެރި ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ދުވަސްތަކެކެވެ. ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށް ޙިކުމަތްތެރިކަމާއެކު އަދުގެ ސަރުކާރުން މިހާރުވެސް ގެންދަވަނީ މަސައްކަތްކުރައްވައި، ޢަމަލީ ގޮތުން ތަފާތު ދައްކުވައިދެއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
