
މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވާނީ، ޝެޑިއުލް ދަތުރުތަކާއެކުކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ. ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ އޭޕްރީލް 25ވަނަ ދުވަހު ބޭއްވި ޓެސްޓް ފްލައިޓަށްފަހު، މިހާރު ކުރަމުންދަނީ ސިވިލް އޭވިއޭޝަންއިން ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްކަމަށެވެ. އަދި އެއަށްފަހު ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، ރަސްމީކޮށް އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށެވެ.
ކުރިން ނިންމާފައި އޮތީ މިމަހުގެ 1 ވަނަ ދުވަހު ބައްވާ ޚާއްސަ ރަސްމިއްޔާތަކާއެކު މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށެވެ. ނަމަވެސް އެއަރޕޯޓް ހުޅުވުން ލަސްކުރީ، ޝެޑިއުލް ދަތުރުތަކާއެކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށްކަމަށް މުބީން ވިދާޅުވިއެވެ. އެހެންކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަންލަންޖެހޭ ކަންކަން ބަލާ އަދި ފްލައިޓް އޮޕަރޭޓަރުންނާއެކު ކޮމާޝަލް ދަރުތުތައް ފެށުމަށް ތާރީޚް ކަނޑައެލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. މުބީން ވިދާޅުވީ މުލި އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް، އަންނަ އާދިއްތަދުވަހު ރާއްޖޭގެ އެއަރލައިންތަކާއެކު ބައްދަލުކުރާނެކަމަށެވެ.

މުބީން ވިދާޅުވީ މުލި އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް، އަންނަ އާދިއްތަދުވަހު ރާއްޖޭގެ އެއަރލައިންތަކާއެކު ބައްދަލުކުރާނެކަމަށެވެ. “އެއަރޕޯޓްގެ މަސައްކަތްތައް ވަނީ ނިމިފައި. ވަރަށް ކުދިކުދި ކަންތައްތަކެއް މި ހުރީ. ކޮމާޝަލް ދަތުރު ފެށެނީ ސިވިލް އޭވިއޭޝަންގެ ލައިސަންސަށްފަހު. އެއަރޕޯޓް ހުޅުވާނީ ކޮމާޝަލް ދަތުރުތައް ފެށޭގޮތަށް. އާދިއްތަ ދުވަހު ފްލައިޓް އޮޕަރޭޓަރުންނާއެކު ބައްދަލުކޮށްފަ ތާރީޚެއް ކަނޑައަޅާނީ.” ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މުބީން ވިދާޅުވީ ފްލައިޓް އޮޕަރޭޓަރުންނާ ބައްދަލުކޮށް، ކޮމާޝަލް ދަތުރުތައް ފެށުމަށް 15-20 ދުވަހުގެ މުއްދަތެއް ބޭނުންވާނެކަމަށް ލަފާކުރެވޭކަމަށެވެ. މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ޑޮމެސްޓިކް ދަތުރުރަކަށް ޚާއްސަ އެއަރޕޯޓެކެވެ. މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމު މުޢިއްޒެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
