
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
އައްޑޫ އަތޮޅު ގަމަށް އިތުރު ފްލައިޓްތައް ގެންދިއުމަށް މަސައްކަތް ކުރެވެމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހިއްސާކުރައްވައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި ފެއަރގެ ތެރެއިން އައްޑުއަތޮޅު ގަމަށް އިތުރު ފްލައިޓްތައް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
ވަޒީރު ވިދާޅުވީ، މިހާރު ގަމަށް ދަތުރުކުރަނީ ސްރީލަންކަން އެއަރލައިންސްއިން އެކަނި ކަމަށާއި، އިތުރު އެއަރލައިންތަކުގެ ދަތުރުތައް ގަމަށް ފެެއްޓުމަށް ގިނަ އެއަރލައިންތަކަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. އެގޮތުން ލޯ ކޯސްޓް އެއަރލައިންތަކާއެކު ބައްދަލުވުންތައް ބޭއްވި، ސަމަރ ސީޒަންގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. “ގާތްގަޑަށް ހަތަރު ފަސް އެއަރލައިންތަކާއެކު އެގޮތަށް މަޝްވަރާކުރެވުނު. އޭގެތެރޭގައި މިހާރު ހުއްޓާލައިފައި އޮތް ވިޒް އެއަރ ރާއްޖެގެނައުން ފެށޭނީ ކިހިނެއްތޯ އަދި އޭގެ އިތުރަށް މިހާރު ރާއްޖެ ދަތުރުކުރާ ފްލައި ޑުބާއި ދެންގޮސް ގަލްފް އެއަރ، އަދި ރާއްޖެއަންނަ ބައެެއް ފްލައިޓްތަކުގެ އިސްވެރިންނާއި ބައްދަލުކޮށްފައިވާނެ.” ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
މީގެއިތުރުން، ރާއްޖެއަށް އަންނަ މަތިންދާ ބޯޓުތައް އިތުރުކުރުމަށްޓަކައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ މެދުއިރުމަތީގެ އެއަރލައިންތަކާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވަަޒީރު ވިދާޅުވިއެވެ. އެގޮތުން އެމިރޭޓްސް އާއި ޤަޠަރު އެއަރވޭޒްއާއެކު އެމްއޯޔޫގައި ސޮއިކުރެވިފައިވާ ކަމަށާއި، މިއެއްބަސްވުންތަކުގެ ދަށުން އެ އެއަރލައިންތަކުން ރާއްޖެއަށް އަޅާ ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ. “އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެއަރލައިންތަކަށް ރާއްޖޭގައި ޚިދުމަތް ދިނުމުގައި ހުރި ފަސޭހަތައް އިތުރުކޮށް، ރާއްޖެ މާކެޓްކުރުމުގައި އެމް.އެމް.ޕީ.އާރު.ސީއާއެކު އެ ފަރާތްތަކުން މަސައްކަތްކުރާނެ ގޮތްތައް ބަލައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް،” ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
މިމަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ޚާއްޞަކޮށް އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އައްޑޫ އަތޮޅު ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުންދާ އެއަރޕޯޓެކެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރޕޯޓުތަކުން ލިބެމުންދާ ޚިދުމަތްތައް މި އެއަރޕޯޓުން ނުލިބޭކަމީ އެއަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ވުމާއެކު، އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށް އެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
