
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
އަރޭބިއަން ޓްރެވެލް މާކެޓު، އޭޓީއެމްގައި ރާއްޖެއަށް އުއްމީދު ކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، މީގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު ތާރިޤު މިހެން މިހާރު ކުރިއަށްދާ އޭޓީއެމް ފެއަރގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
މިއަހަރު އެޕްރީލް މަހުގެ 28 އިން މޭއި މަހުގެ 1 ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި އަރަބިއަން ޓްރެވެލް މާކެޓު ދަނީ ކުރިއަށް ގެންދަމުންނެވެ. މިއަހަރު އެމްއެމްޕީއާރްސީގެ ފްލެގްޝިޕް ޓްރެވެލް ފެއަރ އަކީ އަރަބިއަން ޓްރެވެލް މާކެޓެވެ. މި ފެއަރގެ ހަވާސާގެ ތެރެއިން ރާއްޖެއިން ވަނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންނާއި އަދި އެއަރލައިންތަކާއި ބައްދަލުވުންތައް ކުރިއަށް ގެންގޮސް ބައެއް ފަހުމުނާމާތައްވެސް އެކުލަވާލެވި ވަނީ ސޮއިކުރެވިފައެވެ. އޭޓީއެމްގެ ހަވާސާގެ ތެރެއިން ފަތަރުވެރިކަމާއި ބެހޭ ވަޒީރު މެދުއިރުމަތީގެ ޤައުމުތަކާއި އަދި އެއަރލައިންތަކާއެކު ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކާއި މަޝްވަރާތަކާއި ގުޅޭގޮތުން ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވީ، މިމަސައްކަތަކީ ރާއްޖެއަށް ޖީސީސީ ނުވަތަ މެދުއިރުމަތީގެ ޤައުމުތަކުން އިތުރު ފަތުރުވެރިން ގެނައުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
“ޖީސީސީ ޤައުމުތަކުން މިދާ ފަތުރުވެރިންނަކީ ވަރަށް ހައިއެންޑް ފަތުރުވެރިން. އެބޭފުޅުންގެ ޚަރަދުކުރާ މިންވަރު ވަރަށް ބޮޑުވާނެ. އެހެންވީމަ ރާއްޖެއަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެ. ޖީސީސީ ނުވަތަ މެދުއިރުމަތީގެ މި މާކެޓަކީ ހައި އެންޑް މާކެޓެއް. އެއަށް ވަރަށް ބޮޑަށް ގިއަރކޮށްގެން އޭޓީއެމް މި ބާއްވަނީ. އަޅުގަނޑު ދަންނަވަނީ ވަރަށް ފުރިހަމަކޮށޭ މިދިޔައީ. އިރާދަކުރެއްވިއްޔާ މެދުއިރުމަތީގެ ޤައުމުތަކަށް ނުވަތަ ޖީސީސީ ޤައުމުތަކަށް ރާއްޖެ ތަޢާރަފްވެގެންދާލެއް ވަރަށް ބޮޑުވާނެ” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި އޭޓީއެމް ތެރޭގައި މިކުރެވުނު މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ރާއްޖެއަށް މިއަހަރު ތެރޭގައި 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިފަހަރު އޭޓީއެމްގެ ތެރެއިން ރާއްޖެއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، ރިސޯޓުތަކަށްވެސް އުއްމީދުކުރިވަރަށް ގިނަ އެޕޮއިންޓްމެންޓްތައް ލިބިގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
“ރާއްޖޭގެ މި ސްޓޭންޑަށް އަންނަ ފަރާތްތައް ވަރަށް އިތުރުވެގެން ދިޔަ. ރިސޯޓުތަކަށް އެބޭފުޅުން ބޭނުންފުޅުވި ވަރަށް ވުރެ ގިނައިން އެޕޮއިންޓްމެންޓް ލިބުނު. ބީ ޓު ބީ ގައި އެޕޮއިންޓްމެންޓް ހަދާ ވިޔަފާރި މުޢާމަލާޓް ކުރެވިގެން ގޮސްފައިވަނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެމްއެމްޕީއާރްސީން އޭޓީއެމްގައި ބަހައްޓާފައިވާ ރާއްޖޭގެ ސްޓޭންޑަކީ ވަރަށް ކާމިޔާބު ސްޓޭންޑެއް. ބައިވެރިވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްހަމަ ޖެހިގެން ތިއްބެވީ” ވަޒީރު ތާރިޤު އިބްރާޙީމް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ފެއަރތަކުގެ ތެރެއިން އަރަބިއަން ޓްރެވެލް މާކެޓަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް ފެއަރއެވެ. މި އަހަރު ރާއްޖެއިން މިފެއަރގައި 110 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ. އަދި 235 މަންދޫބުން ފެއަރގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
ސަރުކާރުން ވަނީ ރާއްޖެއަށް މިއަހަރު ފެއަރގެ ތެރެއިން ބޮޑެތި ކާމިޔާބީތައް ހާސިލްކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
